އައްޑު އަތޮޅާއި ހުވަދޫ އަތޮޅަށް އިންޑިއާގެ ކާގޯ ފެރީގެ ދަތުރުތައް ފަށައިފިއެވެ.
ޤައުމީ ޝިޕިންގް ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ޓުޓިކޮރިން އާއި ދެމެދު ސީދާ ދަތުރުތަށް ފެށި ފުރަތަމަ ކާގޯ މާލެ ބަނދަރުން އިންޑިއާއަށް ދިއުމަށް މިހާރު ފުރާފައިވާ ކަމަށެވެ. އަދި އެކުންފުނި މެދުވެރިކޮށް ކާގޯ ގެނައުމަށް ބުކިންގ ހެދުމަށްވެސް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. މިދެމެދު ކުރާ ފުރަތަމަ ކާގޯ ދަތުރަށް ފުރާފައިވަނީ އެމްވީ ބޮންތި 2 ނަމަކަށް ކިޔާ ބޯޓެކެވެ.
އިންޑީއާގެ ޓުޓިކޮރިން އާއި ރާއްޖެ އާއި ދެމެދު ދަތުރުތަށް ފަށާފައި މިވަނީ ރާއްޖެ އަށް ނިސްބަތްވާ އެމްވީ ބޮންތި 2 އިންނެވެ. މިއީ ދިގުމިނުގައި 86 މީޓަރު ހުންނަ މުދާ އުފުލާ ބޯޓެކެވެ. މިބޯޓުގައި 2719 ޓަނުގެ މުދާ އުފުލޭނެއެވެ. މިބޯޓު ހަފްތާ ބަނދު ތެރޭގައި އިންޑިއާ އަށް ފޯރާނެ ކަމަށް ލަފާ ކުރެވެއެވެ.
މި ބޯޓު ބަނދަރު ކުރާނީ އައްޑު އަތޮޅުގެ ހިތަދޫއާއި ހުވަދު އަތޮޅުގެ ގދ. ތިނަދޫ އަށެވެ.
މީގެ ކުރީން އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާއި ވެސް ވަނީ ކާގޯ ފެރީގެ ޙިދުމަތުން ގުޅުވާލެވިފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ކޮޗިން އާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށާފައި ވަނީ މިއަހަރު ސެޕްޓެމްބަރު މަހުގައެވެ. ރާއްޖެއިން ބޭރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ސީދާ މުދާ ގެނެއުމަކީ ސަރުކާރުގެ އެއް ވައުދެވެ.
One Response
ބޯޓް ފުރީ މާލެއިން ޓުޓިކޮރިންއަށް ދާން، މައުލޫމާތު ރަގަޅައް ހޯއްދަވާ.