logoEN
ކޮކާކޯލާ
"ފިޒާ/ބައޯންޓެކް" ކޮވިޑް19 ވެކްސިންގެ އެންމެ ފަހުގެ މަޢުލޫމާތު

"ފިޒާ/ބައޯންޓެކް" ކޮވިޑް19 ވެކްސިންގެ އެންމެ ފަހުގެ މަޢުލޫމާތު

ގާފު އެޑިޓޯރިއަލް

logo

11/22/2020, 9:17:59 AM

ddd

ކޮވިޑް 19 ގެ ވެކްސިން ތައްޔާރު ކުރި ފިޒާ ކުންފުނީގެ ފަރާތުން ވެކްސިނާއި ގުޅޭގޮތުން އެންމެފަހުގެ މަޢުލޫމާތު ހާމަކުރުމަށް ޓްވިޓަރ މެދުވެރިކޮށް އެކުންފުނީގެ ޗެއަރމަން އަދި ޗީފް އެގެޒެކަޓިވް އޮފިސަރ އަލްބާޓް ބޯއަރލާ މިއަދު ވަނީ ވީޑިއޯ މެސެޖެއްވަނީ ދެއްވާފައެވެ. މި ވީޑިއޯ މެސެޖުގައި ސީ. އީ. އޯ، ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑް19 ގެ ވެކްސިނެއް ތައްޔާރުކޮށް މިހާރުގެ ސްޓޭޖަށް ގެނެވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލަކާ ޝަރަފެކެވެ. ކޮވިޑް19 ގެ ބަލިމަޑުކަމަށް ވެކްސިނެއް ހޯދުމަށް ކުރަމުން އައި މިމިންނެތް މިމަސައްކަތަށް ވަރަށް ބޮޑު ލުޔެއް މިހާރުވަނީ ލިބިފައިވާކަމުގައި ވިދާޅުވެއެވެ. ކޮވިޑް 19ގެ ވެކްސިން ބޭނުންކުރުމުގެ އިމަރޖެންސީ ހުއްދައެއް ހޯދުމަށް އެފް. ޑީ. އޭ ގައި އެދިފައިވާނެކަމަށް އަދި މިވެކެސިން ބޭނުންކުރުމުގެ ހުއްދަ ދޫކުރުން ވަނީ އެފް. ޑީ. އޭގެ އަތުގައި ކަމަށް ވިދާޅުވިއެވެ.

އަބުޅޯ

އެކުންފުނިން ހާމަކުރައްވާ ގޮތުގައި، މިއަދު އެކުންފުނީގެ ކޮވިޑް19 ވެކްސިން އެފް.ޑީ. އޭގެ ހުއްދަޔަކަށް ހުށަހެޅުން ވެގެންދަނީ އެކުންފުންޏަށް، ސައިންސަށް އަދި މުޅި އިންސާނިއްޔަތަށް ތާރީޚީ ދުވަހަކަށެވެ. ޗެއަރމަން އިތުރަށް ހާމަކުރެއްވިގޮތުގައި، ބައޯންޓެކާއި ގުޅިގެން ކޮވިޑް19ގެ ވެކްސިންއެއް އުފެއްދުމުގެ ޕްލޭން ހުށަހެޅި ދުވަހުން ފެށިގެން ވެކްސިން އެފް.ޑީ.އޭގެ ހުއްދައަށް ހުށަހެޅުމާމެދު، 248 ދުވަސް ނަގާފައިވެއެވެ. ވެކްސިން ތައްޔާރުކުރުމުގެ ކްލިނިކަލް މަރުޙަލާތައް ކޮންސެޕްޓުން ފެއްޓިގެންގޮސް، ހުއްދަ ހޯދުމުގެ މަރުޙަލާއާއި ހަމަޔަށް އާދަޔާ ޚިލާފު ބާރުމިނެއްގައި، ކުރިޔަށް ގެންދެވިފައި ވެއެވެ. އަދި މިހުރިހާ މަރުޙަލާއެއްގައިވެސް އަބަދުވެސް ރައްކާތެރިކަން އެންމެ މުހިންމުކަމެއްގެ ގޮތުގައި ފޯކަސްކޮށްފައި ވާނެއެވެ.

މިވެކްސިން ކާމިޔާބު ކުރުމުގައި ތަފާތު އެތައްކަމެއް އެކުލެވިފައިވެއެވެ. މިގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީ، ވަރަށް ބޮޑު ބާރެއްގެ ގޮތުގައި އިތުރު ބަޔަކާއި ގުޅިގެން މަސައްކަތް ކުރުން (ބައޯންޓެކް ކުންފުނި އާއެކު)، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވޮލަންޓިއަރކޮށް މިވެކްސިން ތަޙުލީލުކުރުމަށް ބައިވެރިވި އެތަކެއް ހާސް ހިތްވަރުގަދަ ބައިވެރިން ހިމެނެއެވެ. އަދި މިކަން ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ބާރަކަށް ވެގެން ގޮސްފައިވަނީ، ދެ ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުންގެ މިންނެތް މަސައްކަތެވެ.

އެކުންފުނިން ޤަބޫލުކުރާގޮތުގައި މިވެކްސިނަކީ، އެފް.ޑީ. އޭގެ އެންމެ މަތީ ސްޓޭންޑަޑަށް ފެތޭ ވެކްސިނެކެވެ. އަދި އެންމެ އިތުބާރު ހިފޭ ޑޭޓާތަކާއެކު، ވެކްސިން ބޭނުންކުރުމުގެ ހުއްދަޔަށް އެފް.ޑީ.އޭއަށް ހުށަހަޅާފައި ވާނެއެވެ. މިވެކްސިން ތަޙްލީލުކުރުމަށް ކުރެވުނު ކޮވިޑް19 ކޭސް ޓްރައިލްތަކުން 95 އިންސައްތަ ވަނީ ކާމިޔާބު ވެފައެވެ. އަދި މިވެކްސިން ޓްރައިލް ކުރެވުނު އެއްވެސް ކޭސްއެއް ނުރައްކާތެރި އަދި ސީރިއަސް އެއްވެސް ކަމެއް މިއަދާ ހަމަޔަށް ފާހަގަކުރެވިފައި ނުވެއެވެ.

އެފް.ޑީ.އޭގެ ހުއްދަ ހޯދުމަށް ވެކްސިން ހުށަހެޅުމުގެ އިތުން، އޮސްޓްރޭލިޔާ، ކެނެޑާ، ޔޫރަޕް، ޖަޕާން އަދި ޔޫކޭ ފަދަ ޤައުމުތަކަށްވެސް ވެކްސިންގެ ސާމްޕަލްތައް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ވަނީ ފުނުވާލެވިފައެވެ. އަދި ދުނިޔޭގެ ތަފާތު މެޑިކަލް ރެގިއުލޭޓަރީ ބޮޑީތަކަށް ވެކްސިން ހުށަހެޅުމަށް ވިސްނަމުންދާ ވާހަކަ ދެންނެވިއެވެ. މީގެ އިތުރުންވެސް، ކުރިޔަށް އޮތް ޑިސެމްބަރ 2020 ގައި، އެމެރިކާގައި ބާއްވާ ވީ.އާރު.ބީ.ޕީ.އޭ.ސީ ޑިސްކަޝަންގައި ބައިވެރިވުމަށްވެސް އެކުންފުނިން ނިންމާފައި ވާވާހަކަ ދެންނެވިއެވެ.

ވެކްސިންގެ އެޕްރޫވަލް ނުވަތަ ބޭނުންކުރުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް، ވެކްސިން އެކި ޤައުމުތަކަށް ފުނުވުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ސީ. އީ. އޯ ވިދާޅުވެއެވެ. މިގޮތުން ކުންފުނިން އަންދާޒާކުރާ ގޮތުން، 2020 ވަނަ އަހަރު ނިމުމުގެ ކުރިން 50 މިލިޔަން ވެކްސިން ތައްޔާރުކުރެވޭނެއެވެ. އަދި ލަފާކުރެވޭ ގޮތުގައި 1.3 ބިލިޔަން ވެކްސިން 2021 ވަނަ އަހަރު ނިމޭއިރު ތައްޔާރުކުރެވޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ