logoEN
ޕީއެންސީ 2
ކާޑެއްދޫ އެއާޕޯޓް ވިލާ އަތުން އަތުލީ ގޯސްކޮށް, ބަދަލު ދޭން ޖެހޭ: ސުޕްރީމް ކޯޓް

ކާޑެއްދޫ އެއާޕޯޓް ވިލާ އަތުން އަތުލީ ގޯސްކޮށް, ބަދަލު ދޭން ޖެހޭ: ސުޕްރީމް ކޯޓް

އަޙްމަދު ޖަމީލު

logo

5/10/2021, 1:59:39 PM

# ކާޑެއްދޫ

IMG_7581

ވިލާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް، އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލްކޮށްލީ ގޯސްކޮށް ކަމަށްވާތީ ވިލާ އަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޝަރީ 2024

އެ މައްސަލަ ވިލާ އެއާ އިން ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެއާޕޯޓް އަތުލާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2019 ވަނަ އަހަރު ހައި ކޯޓުން ވެސް ވަނީ އެ ސިވިލް ކޯޓިގެ ހުކުމަށް ތާއިދު ކޮށްފަ އެވެ.

ގދ.ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދެމެދުގައި 06 ނޮވެމްބަރ 2013 ގައި ވެފައިވާ އެއްބަސްވުމާ، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ޚިލާފު ވެފައިވާކަމަށް ބުނެ 18 ނޮވެމްބަރ 2017 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީން އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމުގެ 15 ވަނަ މާއްދާއާއި 40 ވަނަ މާއްދާގެ (i) ހަވާލާދީ 41 ވަނަ މާއްދާ އާއި، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާ އާއި ހިލާފަށްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 22 ނޮވެމްބަރު 2018 ގައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެއްބަސްވުން އުވާލާފައިވަނީ ބާތިލު އިޖުރާ އިޖުރާއަތްތަކެއްގެ މަތިންކަމަށް ވުމުން އެކަމުގެ ބަދަލު ހޯދުމަށް ވިލާއަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުން ތާއީދުކުރި ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފައިވާއިރު ބަދަލު ހޯދުމަށް ވިލާ އެއާއަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

ގދ ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާ އަތުން އަތުލި މައްސަލައިގެ ޝަރީއަތުގައި، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް މިހާރުވެސް ހިންގަނީ، ވިލާ އެއާއިން ވަކި ކުރިއިރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ