logoEN
Sto top
ރޯދަ މަހު ދުވާލު ކައިގެން 10 މައްސަލައެއް ފުލުހަށް!

ރޯދަ މަހު ދުވާލު ކައިގެން 10 މައްސަލައެއް ފުލުހަށް!

# ފުލުހުން# ރޯދަ މަސް

img_lg_202004180913491587226429.9474

މި ރޯދަމަހު ދުވާލު ކައިގެން 10 މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

Wamco

ފުލުހުން މިއަދު އާއްމު ކުރި ރޯދަ މަހުގެ ފުރަތަމަ 15ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރު ރޯދަ މަހު ކައިގެން 10 މައްސަލައެއް ހުށަހަޅާފައި ވެއެވެ. މިދިޔަ އަހަރު މި މުއްދަތު ތެރޭގައިވެސް ހުށަހަޅާފައި ވަނީ 10 މައްސަލައެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ހުށަހަޅި ވަރު ވަނީ އިތުރުވެފައެވެ. އެ އަހަރު އެފަދަ 19 މައްސަލައެއް ހުށަހެޅިފައި ވެއެވެ.

މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން އެފަދަ 368 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެ ފަދަ 156 މައްސަލަ ހުށަހަޅާފައިވެއެވެ.

ޓްރެފިކް އެކްސިޑެންޓްތަކާއި ގުޅުން ހުރި މައްސަލަތަކަކީ ތިން ވަނަ އަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލަތަކެވެ. އެފަދަ 129 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1352 މައްސަލައެވެ. މިއީ ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހާއި އަޅާބަލާއިރު މަދު އަދަދެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside