
181569129-1177424786030145-2456581500122787332-n
އައްޑޫ ސިޓީގެ ގްރީން އާރޓްސް އާއި ނެކްސްޓް ޓީވީ ގުޅިގެން ން އުފައްދާ ސިލްސިލާ ޑްރާމާ "ބުނެލަދީ" އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

އައްޑޫގައި ޝޫޓްކޮށްފައިވާ އެ ޑްރާމާސީރީޒްއަކީ ލޯބީގެ ޝައުގުވެރި ވާހަކަ އަކަށް ތައްޔާރުކޮށްފައިވާ ޑްރާމާއެކެވެ. އައްޑޫގެ ޤުދުރަތީ ރީތިކަންވެސް ދައްކުވައިދޭ އެ ޑްރާމާއަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ ވާހަކަ އަކަށް ތައްޔާރުކޮށްފައިވާ ޑްރާމާއެކެވެ.
ރޯދަމަހުން ފެށިގެން ޝޫޓިންގެ މަސައްކަތް ކުރިއަށް ދާ މި ޑްރާމާގެ ޝޫޓިން އަދިވެސް ކުރިއަށް ދާއިރު މި ޑްރާމާގެ ކޮންމެ އެޕިސޯޑެއްގައި ހުންނަނީ 30 މިނިޓެވެ. މި ޑްރާމާގައި ތަރިން ދައްކުވާދިން އެކްޓިން އާއި ޑްރާމާ ގެނެސްދީފައިވާ ގޮތަށް ބެލުންތެރިންގެ ތައުރީފު މެދު ނުކެނޑި ލިބެމުން ދާއިރު ޑްރާމާ ހަމައެކަނި ދިރާގު ޓީވީ އިން ދައްކާތީ އެކަމުގެ ޝަކުވާކޮށްފައިވާ ކަމަށް ވެސް އެ ޑްރާމާގެ ޕްރޮޑަކްޝަން ކެފޭ އިން ވަނީ ބުނެފައެވެ.
މި ޑްރާމާ އަކީ ފިލްމީ ތަރި އަމަން (ޓޮމް) ފިލްމީތަރި މަރިޔަމް ޝަހްޒާ ޝަހޫ އެސިސްޓަންޓް ޑައިރެއްކްޓަރއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ޑްރާމާއެކެވެ. ޑްރާމާގެ ސަޕޯޓިން ރޯލްތަކުން މައްޝޫރު ޓިކްޓޮކް ތަރި ހަސަން ނިޒާރު (ހަސޭ)، ސްޓަންޓް ރައިޑާ ޖިމީ ޖިމްޝާދު ޝަރީފްގެ އިތުުރުން ނުސްރާ އާއި އައިންތުގެ އަދި ޔާމީން ޔާމްބެ އާއި އަމީލް ފެނިގެންދެއެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބޭބީ ނަސީރުގެ ކޮއްކޮ އަޒްމީލް އާއި ގެސްޓް އެޕެއަރެންސް އިން ލަވަކިޔުންތެރިޔާ އަޙްމަދު ޝިފާޢު މުހައްމަދު ބެކަމް ވެސް މި ޑްރާމާއިން ފެނިގެންދެއެވެ.
މި ޑްރާމާގެ ޕޯސްޓް ޕޮރޮޑަކްޝަންގެ މަސައްކަތް ކޮށްދީފއި ވަނީ ސިމާން ހާދީ (މާނު) އަދި އަޙްމަދު ނާއިލް ރަޝީދު ނާއިލްއެވެ.އަދި ޑްރާމާގެ ކެމެރާ ކުރީ ސިމާން ހާދީ (މާން) ކަމަށް ވާއިރު ޑްރާމާގެ ކޮސްޓިއުމް ޕާޓްނަރ އަކީ ހައުސް އޮފް ވޯޖް އަދި ޕޮރޮޑަކްޝަން ޕާޓްނަރ އަކީ ސްކައިއެވެ.
ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ބުނީ މި މަސައްކަތަކީ މީ އަދި ފެށުމެއްކަމާއި މިހާރުވެސް ފީޗާ ފިލްމެއްގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ އަމާޒަކީ މާލެ ނޫނަސް ދިވެހި ފަންނީ އުފެއްދުންތައް އުފައްދާނެ އެހެން ޕްލެޓްފޯމެއްވެސް އޮތުންކަން މި ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ވަނީ ފާހަގަކޮށްފައެވެ. މި މަސައްކަތަށް އައްޑޫސިޓީގެ ހުރިހާ ރަށަކުން ލިބެމުންދާ އެއްބާރުލުމަށް އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންނަށް މުޅިޓީމުގެ ފަރާތުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.