logoEN
cocacola
ވިހެއުމުގެ ތެރޭގައި ނިޔާވި ސަލްމާގެ މަރު ތަހުގީގު ކުރުމަށް އެދި ޕޮލިހަށް!

ވިހެއުމުގެ ތެރޭގައި ނިޔާވި ސަލްމާގެ މަރު ތަހުގީގު ކުރުމަށް އެދި ޕޮލިހަށް!

# ފުލުހުން# އޭޑީކޭ ހޮސްޕިޓަލް

299781_3_4467e1305e269175a5bd3101e3e89624497a7d96_large

ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު ސަލްމާ ނަސީރު މަރުވި މައްސަލަ ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ބިދޭސީންގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް، އެޑްވޮކެސީ ޗެމްބާސް އިން މިއަދު ފުލުސް އޮފީހުގައި އެދެފި އެވެ.

ގޮސިޔާ

ސަލްމާގެ ފިރިމީހާގެ ފަރާތުން ވަކާލާތުކުރާ އެޑްވޮކެސީ ޗެމްބާސް އިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނީ އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހާއަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިނުވާކަން ހެލްތު މިނިސްޓްރީން ދީފައިވާ ޖަވާބުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ފުލުސް އޮފީހަށް މައްސަލަ ހުށަހަޅަނީ ސަލްމާ މަރުވުމުގައި އޭޑީކޭ ހޮސްޕިޓަލާއި އެ ހޮސްޕިަލްގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ އެއީ ޖިނާއީ މައްސަލައެއް ކަމަށް ވާތީ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

"ސަލްމާ ނަސީރު ނިޔާވި ހާދިސާއާއި ގުޅިގެން އެ ފަރާތުގެ މެޑިކަލް ރިކޯޑްސް ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން އެ ލިޔުންތައް އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން މިހާތަނަށް ފޯރުކޮށްދީފައިނުވާކަން ފާހަގަކުރަމެވެ. އަދި ދަންނަވަމެވެ. މި ހާދިސާގައި ޝާމިލްވާ ބައެއް ފަރާތްތަކަކީ ރާއްޖެއިން ބޭރުގެ ބައެއް ކަމަށް ވެފައި، މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން އެ ފަރާތްތައް ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށްޓަކައި މިި މައްސަލައިގައި ހިމެނޭ ބިދޭސީ ފަރާތްތަކުގެ ޕާސްޕޯޓު ތަހުގީގު ނިމެންދެން ހިފަހައްޓައިދިނުމަށް އެދެމެވެ،" ސިޓީގައި ބުންޏެވެ.

ސަލްމާ މަރުވުމުގައި އޭނާގެ ގަޔަށް އަށް ލޭ އެޅުން ލަސްވި ކަމަށް ހެލްތު މިނިސްޓްރީން ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ބުނީ ސަލްމާގެ ގަޔަށް، ހުއްޓުމެއް ނެތި ލޭ އެޅި ކަމަށާއި އޭނާ މަރުވީ ދޭންޖެހޭ ފަރުވާތައް ދެމުންދަނިކޮށް ކަމަށެވެ.

އެޑްވޮކެސީ ޗެމްބާސް އިން ވަނީ ސަލްމާގެ މެޑިކަލް ރިކޯޑު ހޯދުމަށް އެ ހޮސްޕިޓަލަށް ހުށަހަޅައިފަ އެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ރިކޯޑު ފޯރުކޮށްދޭނީ ގާނޫނީ މަޝްވަރާ ހޯދުމަށްފަހު ކަމަށެވެ.

އޭގެ ފަހުން ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި، ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އަބޫބަކުރު ވިދާޅުވީ މެޑިކަލް ރިކޯޑަކީ ހިދުމަތްދޭ ތަނުގައި ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ މައުލޫމާތު ކަމަށްވެފައި އެފަދަ މައުލޫމާތެއް ހޯދަން ހުށަހެޅުމުން މެޑިކަލް ރިކޯޑު ފޯރުކޮށްދެވޭނެ ކަމަށް ގަވައިދުގައި އޮންނަ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ