
ތިނަދޫގައި ފުލުހުން ކުޑަ އަންހެން ކުއްޖަކަށް އަނިޔާކުރިކަމަށްބުނާ ވީޑިއޯގެ ހަޤީޤަތް!
# ފުލުހުން# ޖެންޑަރ މިނިސްޓްރީ# ކުޑަކުދިންނަށް އަނިޔާ ކުރުންScreenshot 2021-04-21 at 21.16.03
ގދ. ތިނަދޫގައި ފުލުހުން ކުޑަކުއްޖަކަށް އަނިޔާކުރާ ކަމަށް ބުނާ ވީޑިއޯއެއް މިއަދު ހަވީރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޓްރެފިކް ވެސްޓު ލައިގެން ތިބި ދެ ފުލުހަކު ވަނީ ކުއްޖާއަށް އަނިޔާވާ ގޮތަށް ކުއްޖާ ގައިގައި ހިފަހައްޓާފައެވެ. އަދި އެ ކުއްޖާ ގަދަ ހަދައި ފުލުހުން ފޮޅާލަން އުޅޭ މަންޒަރުވެސް ފެނެއެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުން ވިދާޅުވީ އެ ކުއްޖާއަކީ ގދ. ތިނަދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އޮފީހުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަމަށާއި އެކުއްޖާ "އެތަނުން ނުކުމެގެން ގޮސްފައިވާކަމުގެ މައުލޫމާތު" ލިބިގެން އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރީ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ގަދަ ހަދައި "ނުކިޔަމަންތެރިކަން ދައްކާފައި"ވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި ފުލުހުން ހިފަހައްޓާފައިވަނީ ތިނަދޫ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. ފުލުހުން ވިދާޅުވީ މިހާރު އެކުއްޖާ ޖެންޑާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ޤާނޫނަށް ފަހުން ގެނައި އިސްލާހާއެކު މިފަދަ ހާލަތްތަކުގައި ކުޑަކުދިންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް ލިބިގެން ވެއެވެ.