logoEN
ޕީއެންސީ 2
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމައިފި

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމައިފި

# މިޔަރުގެ މަސްވެރިކަން# މިނިސްޓަރ ޒަހާ ވަހީދު

DSC_0174

މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލާނެކަމުގެ އިޝާރާތެއް ދިންނަމަވެސް އެކަމަށް ހުއްދަ ނުދޭން ފިޝަރީޒް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ޝަރީ 2024

މަޖިލީހުގެ ކޮމެޓީގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިޔަރުގެ މަސްވެރިކަމުން ނަފާ ހޯދިދާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވަނިކޮށެވެ. ޒަހާގެ މި ވާހަކަތަކާއެކު އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނަން ނެންގެވުމުން އެ މައްސަލަ ވަނީ ބާތިލުވެސް ވެފައެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ މަސްވެރިންގެ ޝަކުވާތަކާ ގުޅިގެން މިޔަރުގެ އާބާދީއާ ގުޅޭ ދިރާސާއެއް ރާއްޖޭގެ މެރިން ރިސާޗް ސެންޓަރާ ގުޅިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މިޔަރު ހިމާޔަތްކުރި ތާރީހުން ފެށިގެން މިހާތަނަށްވެސް އޭގެ އާބާދީ އިތުރުވެފައިވާ ކަން ފާހަގަވެފައި ނުވާ ކަމަށެވެ.

މިޔަރުގެ އުނދަގޫ މަސްވެރިންނަށް ޖެހެނީ މިޔަރަށް ކާންދިނުން އިތުރުވުމާއި ގިނަ ދުވަސް ވަންދެން ހަލާކުނުވާ ބާވަތުގެ ތަކެތި ކަނޑަށް އަޅާތީ މިޔަރުގެ އުޅުމަށް ބަދަލުތަކެއް އައުމުން ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އަދި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް މިޔަރުގެ ސަބަބުން މަސްވެރިންނަށް ދިމާވާ އުނދަގޫތަކާ ގުޅޭ ގޮތުންނާއި ގުދުރަތީ ވަަސީލަތްތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާތައް ބާއްވަން ތައްޔާރަށް އޮތް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން މިޔަރުގެ އުނދާގޫ ބޮޑުވެ މަސްވެރިންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ