logoEN
ޕީއެންސީ 2
ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

# ސަޓާ އެވޯޑް

SATA

ސައުތު އޭޝިއަންސް ޓްރެވެލް އެވޯޑް (ސަޓާ)އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޝަރީ 2024

ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާއިންދޭ އެންމެ ޝަރަފްވެރި އެވޯޑް، ސަޓާއަށް ނަން ހުށަހެޅުމަށް ހައިރައިޒުން އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައެވެ.

މިއެވޯޑަށް ނޮމިނޭޓްވުމަށް ސަޓާގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށައެޅޭނެކަމަށްވެސް ހައިރައިޒުން ބުނެއެވެ. ހައިރައިޒުން ބުނީ ނަން ހުށައެޅުމުގެ މުއްދަތު އިތުރުކުރީ ގިނަ ތަންތަނަށް ފުރުސަތު ދިނުމުގެ ބޭނުމުގައިކަމަށެވެ. ކޯވިޑް19އިގެ ސަބަބުން ބައެއް ތަންތަނަށް ނަން ހުށަހެޅުމަށް ދަތިތަކެއް ހުރިކަން ހައިރައިޒުން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު 52 ކެޓަގަރީއަކުން ހުޅުވާލާފައިވާ ކަމަށް ހައިރައިޒުންވަނީ ބުނެފައެވެ. މީގެތެރޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، ބްރޭންޑްތަކާއި، ވިޒިޓާރސް ޗޮއިސް އެވޯޑަކާއި، ޚިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެއް ހިމެނެއެވެ.

ސަޓާ އެވޯޑަށް ދެކުނު އޭޝިއާގައި ހިމެނޭ، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ރާއްޖެ، އަދި ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮންމެ އަހަރަކުވެސް ކުރިމަތިލައެވެ. ކޯވިޑް ގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރު ސަޓާ އެވޯޑު ހަފްލާ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައިވެސް ރާއްޖެއަށްވަނީ ގިނަ ކެޓަގަރީތަކަކުން އެވޯޑް ލިބިފައެވެ. މިއަހަރުގެ އެވޯޑް ނައިޓް ބާއްވާނެ ވަކި ޤައުމެއް ސަޓާއިން އަދި އިޢުލާނެއް ނުކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ