logoEN
cocacola
ނިދިފައި އޮތް ސަރުކާރެއް މި ނޫނީ ނުދެކެން - ރައީސް ވަހީދު

ނިދިފައި އޮތް ސަރުކާރެއް މި ނޫނީ ނުދެކެން - ރައީސް ވަހީދު

އަޙްމަދު ޖަމީލު

logo

4/5/2021, 3:04:58 PM

# ރައީސް ވަހީދު

ވަހީދު

ނިދިފައި އޮތް ސަރުކާރެއް މިނޫނީ ނުދެކޭ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދީފައި ވެރިން ބައިތިއްބާފައި ވިޔަސް ބައެއް އޮފީސްތައް ހުންނަކަން ވެސް ނޭނގޭ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

ބައެއް ތަންތަން މިތިބީ ހަމަ ނިދާފައި. އެއީކީ ނޫން ދެއްތޯ ރާއްޖޭގައި ސަރުކާރުތައް ހިނގާފައި ހުރި ގޮތަކީ. އެއްވެސް ގޮތަކަށް ނުދެކެން މިހާ ބޮޑަށް އަޑެއް ބަޑެއް ނީވޭ، މަޑުން ނިދިފައި ސަރުކާރެއް އޮތް ދުވަހެއް ހަމަ ގައިމުވެސް އަޅުގަނޑުގެ ތަޖުރިބާގައި، އަޅުގަނޑުގެ އުމުރުން ވެސް ފެނިފައެއް ނެތް" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ފޯރުކޮށްދިނުން އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ އިން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މިއަދު ވެރިކަން ކުރާ ޕާޓީގެ އަތައް ހުރިހާ ބާރެއް ކަހާލާފައި އޮތުމުން ޤާނޫނު އަސާސީން ކަށަވަރުކޮށްދިން ހައްގުތައް ނުލިބޭ ކަމަށެވެ.

މި ސަރުކާރުގައި ތައުލީމީ ބޭފުޅުން ވެސް އެބަތިއްބެވި ކަމަށާއި ނަމަވެސް އެ ބޭފުޅުން ވެސް އެއްޗެއް ވިދާޅުނުވެ ތިއްބަވަނީ މަޑުމަޑުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވަނީ ކަންކަން ކުރެވޭނެ ގާބިލު މީހުންނާއި ކަންކަން ހަވާލުކުރަން ރައްޔިތުން މިހާރުން ފެށިގެން ވެސް ވިސްނަންޖެހޭ ކަމަށް ބުނެ ލޯކަލް ކައުންސިލް އިނތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ