logoEN
Sto top
ފާއިޒާ ވެކްސިން ޖަހާނީ ހާއްސަ ހާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނި - އެޗްޕީއޭ

ފާއިޒާ ވެކްސިން ޖަހާނީ ހާއްސަ ހާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނި - އެޗްޕީއޭ

# ފާއިޒާ ވެކްސިން

pfizer-vaccine-Reuters-11

ފައިޒާ ވެކްސިން މި ވަގުތު ޖަހާނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް އެކަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

Wamco

މާލެ ސަރަހައްދުގައި ފާއިޒާ ވެކްސިން ޖަހަން ފެށުމާއި ގުޅޭގޮތުން އެޗްޕީއޭގެއިން މިއަދު ނެރުނު އިއުލާނެއްގައިވަނީ ފައިޒާ ވެކްސިން މި ވަގުތު ޖަހާނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް އެކަނި ކަމަށެވެ. އަދި މިވެކްސިން އަކީ ފިނިހޫނުމިން -70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މި ވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

View post on Twitter

ފާއިޒާ ވެކްސިން ޖަހާނެ ހާއްސަ ހާލަތްތައް:

ހަށިގަ ނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން

ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން

ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން

އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން

ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)

މި ވެކްސިން އަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދެވޭނެ ވެކްސިން އަކަށްވާތީ އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މަތީގައި ދެންނެވުނު ހާލަތްތަކުގެ އިތުރުން

ހަކުރުބަލީގެ ކުދިން

ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން

ޑައުންސިންޑްރޯމް ހުންނަ ކުދިން

ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން

އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަގަޅުކުރުމަށް

ސަރޖަރީއެއް ހަދާފައިނުވާ)

އެޗްޕީއޭއިން ވަނީ އެފަދަ ހާލަތްތަކުގައި ތިބި މީހުން https://tinyurl.com/j5jdehrz ލިންކުން ރަޖިސްޓްރީވާން އަންގައިފަ އެވެ. އެ މީހުންނަށް ވެކްސިން ޖެހުމަށް ދާންވީ ވަގުތު އެޗްޕީއޭއިން އަންގާނެ އެވެ.

ކޮވިޑު-19 އިން ދިފާއުވުމަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒް ލިބިފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside