logoEN
cocacola
ނަހުލާގެ ދިފާއުގައި ފިރިކަލުން ގާސިމް

ނަހުލާގެ ދިފާއުގައި ފިރިކަލުން ގާސިމް

Admin

logo

11/16/2020, 10:08:55 PM

# ގާސިމް# ނަހުލާ

_MTU6379

އައިޝަތު ނަހުލާ މިނިސްޓަރު ކަަމަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހެޅުއްވީ އަނބިކަނބަލުންނަށް ވުމުން ނޫން ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިނިސްޓަރ ނަހުލާގެ ފިރިކަލުން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރުކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަށް ވުމުންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަންބަކަަށް ވެގެން ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެ ކަމާއި ގުޅިގެން އައިޝާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ގާސިމް މިއަދު ވަނީ ނޫސްވެރިނާއި ވާހަކަދައްކަވާފައެވެ. ނޫސްވެރިންނަށް އެމަނިކުފާނު ފޮނުއްވެވި މެސެޖެއްގައި ވަނީ ގާސިމްގެ އަނބިކަނބަލަކަށް ވެގެން އެއްވެސް ވަޒީފާއެއް ދޭން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮތްތޯ ސުވާލު ކުރައްވައި ގާސިމްގެ އަނބިކަނބަލަކަށް ވެގެން ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެެ.

"އައިޝާ [މިނިސްޓަރު] އަކީ ކަންކުރެވޭނެ ހިތްވަރު ހުރި އަދި ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއްކަން ގާސިމް އަށް ޔަގީން ވާތީ އެކަމަނާ އެދިވަޑައިގެންނެވި ވަޒީފާ ދެއްވުމަށް ޖޭޕީގެ ފަރާތުން އަޅުގަނޑު ރައީސަށް ހުށައެޅީ. އެ މަގާމު ރައީސް ދެއްވީ އެކަމަނާގެ ގާބިލްކަން ރަނގަޅަށް އެނގިވަޑައިގެންފައިވާތީކަން ކަށަވަރު. އެއީ ގާސިމްގެ އަންބަކަށް ވެގެނެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

ނަހުލާއަކީ ރިޔާސީ ކެެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކެމްޕޭން ކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެެއްވި އެއް ބޭޭކަންބަލެެވެ. އެގޮތުން ރައީސް ސޯލިހުގެ ގިނަ ކެމްޕެއިން ދަތުރުތަކާއި ރެލޭތަކުގައި ކުރީ ސަފަށް ނިކުމެ ގިނަ ގުނަ މަސައްކަތްތަކެއް ކޮށް އާމުންގެ ފަރާތުން ރާއްޖޭގެ އޭރު އޮތް ވެރިކަން ބަދަލުކޮށްދިނުމަށް އެދިފައިވެއެވެ. އޭރުގެ ސަރުކާރުގެ ފިއްތުންތަކާއި ގުޅިގެެން އޭރުގެ ސަރުކާރާއި އިދިކޮޅު ލީޑަަރޝިޕް އޮތީ ރާއްޖެއިން ބޭރުން ހިޔާވަހިކަން ހޯދައިގެންނެވެ. އޭގެ ތެރޭގައި ޖޭޕީގެ ލީޑަރު އަދި ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްވެސް ހިމެނި ވަޑައިގެންނަވައެެވެ. ރައީސް ސޯލިހުގެ ކެބިނެޓަށް ބަލާއިއިރު ސޯލިހުގެ ވެރިކަން ގެންނަން މަަސައްކަތް ކުރި ބޭފުޅުންގެެ ތެެރޭޭގައި ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ