logoEN
PNC TOP 3
ދެ ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި

ދެ ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި

Admin

logo

2/28/2021, 4:21:57 PM

# މަސްތުވާތަކެތި# ޕެސްޓު

ded

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

PNC MID 2

ވަނަވަރު ހާމަކުރި 5 މީހުންގެ ތެރޭގައި ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ "ރެޕް ކިންގް" ޕެސްޓުވެސް ހިމެނެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދައިފައެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެންމެން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC