
Hussain Firushan
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހް ޖަމާލް ބޮޑުކަމެއްލައިގަންނަ އިރަށް ޗުއްޓީ ނުނަންގަވާ މިނިސްޓްރީއާއި ހަވާލުކުރެވިފައިވާ މެންޑޭޓަސް މަސައްކަތް ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބާރ ހުސައިން ފިރުޝާން ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވައިފިއެވެ.

މިނިސްޓަރ މަލީހް ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެން މެމްބަރ ފިރުޝާނާއި އެމްޑީޕީ ގެ އެހެން މެމްބަރުންގެ ފާޑުކިޔުންތަށް ވެސް ވަނީ އެބޭފުޅާ އަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.
"މި ޤނޫނު(43/2015 ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ގެ ޤާނޫނު) ގެ ދަށުން ހަދަން ޖެހޭ އެންމެހައި ޤަވާއިދުތަކާއި، އުސޫލުތަކާއި ހެދިއްޖެ ތޯ؟ އަދި ބަލަންޖެހޭ މިންގަނޑުތަކާއި ކަން ކަން ކަނޑައެޅިއްޖެ ތޯ؟" މެމްބަރު ފިރުޝާން މިރޭ ކުރެއްވި އެހެން ޓްވީޓްގައި ވެއެވެ.
މީގެ ކުރިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފާޑުކިޔުން އެކިފަހަރުމަތިން މަލީހަށް އަމާޒުވެފައި ވެއެވެ. ގިނަ ފަހަރަށް އެމްޑީޕީ މެންބަރުން މަލީހަށް ފާޑުކިޔާފައި ވަނީ އިންޓަނެޓްގެ އަގުހެޔޮ ނުކުރެވޭތީއެވެ.
ގުޅުންހުރި

މިވަރަށް މަސްބާނާއިރުވެސް ބީއެމްއެލް ވަނީ އޭޓީއެމް އެއް ގާއިމްކުރަން ނުކުޅެދިފައި - ފިރުޝާން

ރަށެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ސަރުކާރުން ތަރައްގީ ގެންނަކަން ސާބިތުވޭ - ފިރުޝާން

މަޑަވެލީގައި 14 ހެކްޓަރުގެ ބިން ހިއްކާނެ - ފިރުޝާން
