logoEN
cocacola
ވިލިނގިލި މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި އާޒިމް އަށް އެރަށުން ހޫނު މަރުހަބާއެއް

ވިލިނގިލި މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި އާޒިމް އަށް އެރަށުން ހޫނު މަރުހަބާއެއް

އަލްފާ އަލީ

logo

4/25/2024, 5:28:30 PM

# މަޖިލިސް20# ގއ.ވިލިނގިލި

ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އާޒިމް އަބްދުލް އަޒީޒަށް އެރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މާލެ ވަޑައިގަތުމަށްފަހު އާޒިމް ވިލިނގިއްޔަށް ވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.

ވިލިނގިލީ ރައްޔިތުން އާޒިމްއަށް މަރުހަބާ ދެންނެވީ ރަތްދޫލައިގައެވެ. އާޒިމްއަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ގިނަ ބަޔަކު ވަނީ ބަނދަރު ސަރައްދަށް ވަޑައިގެންފައެވެ. މަރުހަބާ ދެންނެވުމުގައި ގއ. އަތޮޅު ކައުންސިލް ރައީސް އިބްރާހިމް ޝަހީން ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުހައްމަދު، ޕީޕީއެމް/ ޕީއެންސީ ވިލިނގިލި ދާއިރާގެ ރައީސް ނަޒްލީން ނަޖީބް، އާއި ސްޓިއަރިންގ ކޮމެޓީގެ ރައީސް އަހުމަދު ރަޝާދު ބައިވެރިވެވަޑައިގެންނެވިއެވެ.

އަމިއްލަގޮތުން ވާދަކުރެއްވި އާޒިމް ވަނީ އިންތިހާބު ކާމިޔާބުކުރުމަށްފަހު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

އާޒިމަކީ ގއ. ވިލިނގިލީ ދާއިރާގެ ޕީޕީއެމް / ޕީއެންސީ ގެ އިސްބޭފުޅުންނާއި އަދި ސަރުކާރާއި އެއްކޮޅު ގިނަ ބަޔަކު ތާޢީދު ކުރެއްވި ކެންޑިޑޭޓެކެވެ. އެގޮތުން އާޒިމްއަށް އެންޑޯޒްކުރެއްވި ބޭފުޅުންގެ ތެރޭގައި ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން (ޝިހާން)،އާއި ގއ. ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުޙައްމަދާއި ސްޓިއަރިންގ ކޮމިޓީގެ ރައީސް އަޙްމަދު ރަޝާދުގެ އިތުރުން ދާއިރާގެ ރައީސް ނަޒްލީން ނަޖީބާއި އަދި ވިލިނގިލި ކައުންސިލްގެ ނައިބް ރައީސާ ނަޛްދާ ގެ އިތުރުން ކައުންސިލް މެމްބަރުން ހިމެނެއެވެ. އެގޮތުން ގއ. ވިލިނގިލީ ސްޓީރިންގ ކޮމިޓީގެ 21 މެމްބަރުންގެ ތެރެއިން 19 މެމްބަރުންނަކީ އާޒިމް އަށް އެންޑޯޒް ކުރެއްވި މެމްބަރުން ކަން ފާހަގަކޮށްލެވެއެވެ.

ވިލިނގިލި ދާއިރާގެ މަޖިލިސް ގޮނޑި އާޒިމް ކާމިޔާބުކުރެއްވީ 1170 ވޯޓުންނެވެ. އާޒިމް އާ ވާދަކުރެއްވި ޕީއެންސީ ކެންޑިޑޭޓް ޔަޒްމީދު މުހައްމަދުއަށް ލިބިވަޑައިގެންނެވީ 1001 ވޯޓެވެ. ވިލިނގިލި ދާއިރާގެ މިހާރުގެ މެމްބަރު ސައުދު ހުސެއިންއަށް ލިބިވަޑައިގެންނެވީ 240 ވޯޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ