logoEN
cocacola
ޕީއެންސީން މައިނޯރިޓީއަށް އިހުތިރާމްކުރާނެ

ޕީއެންސީން މައިނޯރިޓީއަށް އިހުތިރާމްކުރާނެ

އަލްފާ އަލީ

logo

4/23/2024, 9:01:53 AM

# މަޖިލިސް20# ތައްޔިތުންގެ މަޖިލިސް

--

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ޕީއެންސީން އެއްވެސް ބަޔަކަށް ބިރު ނުދައްކާނެ ކަމަށާއި އަދި މައިނޯރިޓީއަށް އިހުތިރާމް ކުރައްވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ސަލީމް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 70އަށްވުރެ ގިނަ ދާއިރާއާއެކު ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް ލިބުނު ސުޕަރ މެޖޯރިޓީއަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސަލީމް ވިދާޅުވީ، އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫންކަމަށާއި، ޙާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއްކަމަށެވެ. އަދި އެ އާރާއި ބާރު ބޭނުންކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ މަދު މެންބަރުން މަޖިލީހުގައި ތިބިއިރު އެ މެންބަރުންނަށް ރަނގަޅަށް ވާހަކަ ދައްކާލާނެ ފުރުސަތުވެސް އެމްޑީޕީ މެޖޯރިޓީ މެންބަރުން ނުދިން ކަމަށެވެ. ސަލީމް ވިދާޅުވީ ޕީއެންސީގެ ސުޕަމެޖޯރިޓީގައި އެއްވެސް ބަޔަކަށް ބިރު ނުދައްކާނެ ކަމަށާއި އަދި މަސައްކަތް ކުރާނީ މައިނޯރިޓީއަށް އިހުތިރާމު ކޮށްގެން ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ބާރުތައް މަދުބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމުން، ނިކަމެތިން ނިކަމެތިވާކަމަށާއި، އޭގެ ސަބަބުން، ސިއްޙީ ގޮތުންނާއި ނަފްސާނީ ގޮތުން ރައްޔިތުންނަށް ގެއްލުން ލިބިގެންދާކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރަން ޖެހޭނީ ނިކަމެތިކަމުން ރަނގަޅު ހާލަތަކަށް ގެނައުމަށް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ