logoEN
cocacola
ވަކަރުގޭ ފީނިކްސް އަތުން މަސްއޮޑި ޓައިޓެންސް އަށް ފަސޭހަ މޮޅެއް

ވަކަރުގޭ ފީނިކްސް އަތުން މަސްއޮޑި ޓައިޓެންސް އަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

4/25/2024, 5:26:24 PM

# ފުޓްސަލް# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024

މަސްއޮޑި ޓައިޓެންސް އާއި ވަކަރުގޭ ފީނިކްސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ބީގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ވަކަރުގޭ ފީނިކްސް ބަލިކޮށް މަސްއޮޑި ޓައިޓެންސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފު 3-1 ގެ ނަތީޖާއަކުން މަސްއޮޑި ކުރީގައި އޮވެގެން ނިމުނުއިރު، މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ވަކަރުގޭފީނިކްސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ޝާހިލް މުހައްމަދު އެވެ.

މީގެ އިތުރުން މިމެޗުގައި މަސްއޮޑި ޓައިޓެންސްގެ އިބްރާހިމް ޝަރީފް މުހައްމަދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފަހުމާން އަބްދުލް ހަމީދު، އިޔާން އަހުމަދު ރަޝީދު އަދި އަހުމަދު ލުޖައިން މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮ

މިމެޗުގައި ރެމްޕޭޖުގެ އަލީ ފާރިހް މުހައްމަދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިރުޝާމް އަބްދުﷲ އެވެ. މީގެ އިތުރުން މިމެޗުގައި ބީސްޓުގެ އަފްޒަލް މުހައްމަދު އަދި މޫސާ އަސްޢަދު އަންވަރު މިއިން ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ޒަޔާން ހަސަން އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބީސްޓް އެފްސީ ގެ އަފްޒަލް މުހައްމަދު އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ