logoEN
cocacola
ވާދަވެރި ކުޅުމަކައްފަހު ގޯޓު އެފްސީ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ޓީއެންޓީ އިން ހޯދައިފި

ވާދަވެރި ކުޅުމަކައްފަހު ގޯޓު އެފްސީ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ޓީއެންޓީ އިން ހޯދައިފި

ހަސަން ޝަމްއޫން

logo

5/3/2024, 7:06:13 PM

# ދިވެހި ކުޅިވަރު # ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024

ކުލަބު ޓީއެންޓީ އާއި ގޯޓް އެފްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓީ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ގޯޓް އެފްސީ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ކުލަބު ޓީއެންޓީ ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގެ ސެމީ ފައިނަލުން ކުލަބު ޓީއެންޓީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަނައެކު 5-2 ގެ ނަތީޖާއަކުން ގެމަލޭންޑް ބަލިކުރުމަށްފަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލުން ގޯޓް އެފްސީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 4-2 ގެ ނަތީޖާއަކުން ކުލަބު ގެލަކްޓިކޯސް ބަލިކުރުމަށްފަހު އެވެ.

undefinedކުލަބު ޓީއެންޓީ އާއި ގޯޓް އެފްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓީ: ގާފު ސްޕޯޓްސް / އާހިލް

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު ޓީއެންޓީ އިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ނާއިހް މުފީދު ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓުފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އަލީ ހުމޭޒް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖައަކުން ޓީއެންޓީ ކުރީގައި އޮވެގެންނެވެ.

undefinedކުލަބު ޓީއެންޓީ އާއި ގޯޓް އެފްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓީ: ގާފު ސްޕޯޓްސް / އާހިލް

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ގޯޓުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ. ނަމަވެސް ޖެހިގެން އައި މިނެޓުގައި ޓީއެންޓީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ދެލަނޑުގެ ލީޑެއް ހޯދާފައެވެ.

ގޯޓުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި އައިހަމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ޓީއެންޓީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކުލަބު ޓީއެންޓީގެ އަލީ ހުމޭޒް އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ