logoEN
cocacola
ވާދަވެރި ކުޅުމަކަށް ފަހު، ޓީއެންޓީ ބަލިކޮށް ޕާކް ޗެންޕިއަންކަން ހޯދައިފި

ވާދަވެރި ކުޅުމަކަށް ފަހު، ޓީއެންޓީ ބަލިކޮށް ޕާކް ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

5/4/2024, 5:30:39 PM

# ފުޓްސަލް# ދިވެހި ކުލިވަރު# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024

ޕާކް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ކުލަބު ޓީއެންޓީ ބަލިކޮށް ޕާކް ސްޕޯޓްސް ކުލަބުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ގޮސިޔާ

ޕާކް ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ވެލާ އެސްސީ ބަލިކުރުމަށްފަހު އެވެ. އަދި ކުލަބު ޓީއެންޓީ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 2-3 ގެ ނަތީޖާއަކުން ގޯޓް އެފްސީ ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕާކުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީއެންޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ޕާކުން އިތުރު ތިންލަނޑު ކާމިޔާބުކުރިއުރި، މިހާފުގައި ޓީއެންޓީ އިން ވެސް ވަނީ އިތުރު އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ޕާކްގެ މުހައްމަދު ޝާއިން ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފައްޔާޒް ފަޔާޒް އެވެ. މީގެ އިތުރުން މިމެޗުގައި ކުލަބު ޓީއެންޓީގެ އަލީ އަލްސަން އަދި ނާއިހް މުފީދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކުރިއިރު، ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޕާކް ސްޕޯޓްސް ކުލަބުގެ މުހައްމަދު ޝާއިން އެވެ.

undefinedމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕާކް ސްޕޯޓްސް ކުލަބުގެ އަބްދުﷲ ފިޒާން އަބްދުލް ޣަފޫރު... ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރުއަކަށް ހޮވުނީ އަހުމަދު ހުޝާމް (ވެލާ ސްޕޯޓްސް ކުލަބު) އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ވެލާ ސްޕޯޓްސް ކުލަބެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕާކް ސްޕޯޓްސް ކުލަބުގެ ޔާމީން މުހައްމަދު އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ކުލަބު ޓީއެންޓީގެ އަހުމަދު ބައްސާމު އެވެ.

undefinedމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން... ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފައްޔާޒް ފަޔާޒް (ޕާކް ސްޕޯޓްސް ކުލަބު)، އަބްދުﷲ ފިޒާން އަބްދުލް ޣަފޫރު (ޕާކް ސްޕޯޓްސް ކުލަބު)، އަހުމަދު އައިހަމް (ގޯޓް ސްޕޯޓްސް ކުލަބު)، އަހުމަދު ބައްސާމް (ކުލަބު ޓީއެންޓީ) އަދި މުހައްމަދު އިޔާދު އަލީ (ކުލަބު ޓީއެންޓީ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކް ސްޕޯޓްސް ކުލަބުގެ އަބްދުﷲ ފިޒާން އަބްދުލް ޣަފޫރު އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ