logoEN
cocacola
ގެމަލޭންޑް ބަލިކޮށް ޕާކުން މުބާރާތް ފެށީ އިތުބާރާއެކު

ގެމަލޭންޑް ބަލިކޮށް ޕާކުން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

4/25/2024, 2:03:56 PM

# ފުޓްސަލް# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024

ގެމަލޭންޑާއި ޕާކް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް އޭގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް އޭގެ އެފްސީ ގެމަލޭންޑާއި ޕާކް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕާކުން މުބާރާތް ފެށީ އިތުބާރާއެކުއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން ޕާކު ކުރީގައި އޮވެގެން ނިމުނުއިރު، މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ގެމަލޭންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަންސަދު ހަސަން އެވެ.

މީގެ އިތުރުން މިމެޗުގައި ޕާކު ސްޕޯޓްސް ކުލަބުގެ ހަސަން އަޒޫމު އަލީ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހުސެއިން މައިޝާން އަދި އަބްދުﷲ ފައިޒާން އަބްދުލްްޣަފޫރު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޕާކް ސްޕޯޓްސް ކުލަބުގެ ހަސަން އަޒޫމު އަލީ އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ