logoEN
cocacola
ޅޮހި އެފްސީ ކޮޅަށް ހިންނަވަރުން 11 ލަނޑުޖަހައިފި

ޅޮހި އެފްސީ ކޮޅަށް ހިންނަވަރުން 11 ލަނޑުޖަހައިފި

ހަސަން ޝަމްއޫން

logo

4/25/2024, 1:17:31 PM

# ދިވެހި ފުޓްބޯޅަ# ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް

ހިންނަވަރު ޓީމުގެ އަލީ ނަސޫހު ރަޝީދު ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ .. ފޮޓޯ: ސިޑިބަރި

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްގެންދާ "ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް" ގައި މިއަދު ހަވީރު ޅޮހި އެފްސީ އާއި ހިންނަވަރު އެސްސީ ވާދަކުރި މެޗު ފަސޭހަކަމައެކު 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހިންނަވަރު އެސްސީ ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ހިންނަވަރުން ކުޅުނު ފުރަތަމަ މެޗުގައި ކޮމެޓްސް އެސްސީ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، ޅޮހި އެފްސީ ގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ 3-0 ގެ ނަތީޖާއަކުން މާޅެންދޫ އަތުން ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ ހިންނަވަރު އެސްސީ އިންނެވެ. އަދި ފުރަތަމަ ހަފުގައި އެޓީމުން ދެލަނޑު ކާމިޔާބުކުރި އިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު 9 ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ހިންނަވަރު ޓީމުގެ އަލީ ނަސޫހު ރަޝީދު ހަތަރު ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މީގެއިތުރުން އެޓީމުގެ އަބްދުﷲ މިސާލް މުހައްމަދު، ހުސައިން ނިޔާޒް، ވިޖާޒް އީސާފުޅު އަދި ހަސަން އައްފާޝް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ހިންނަވަރު ޓީމުގެ އަލީ ނަސޫހު ރަޝީދު އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެމެޗުން ހިންނަވަރު ޓީމަށް 6 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕް އޭގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޅޮހި އެސްސީ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، އެޓީމު މިވަގުތު އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައެވެ.

ކެނދިކުޅުދޫ ކައުންސިލުންގެ ފަރާތުން އިންތިޒާމުކޮށް، މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު އެވެ.

މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 21:00 ގައި ފަށާ އެ މެޗުގައި މާޅެންދޫ އެފްޓީ ނުކުންނާނީ މާފަރު އެފްޓީ އާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ