logoEN
cocacola
ނަސޫހް ގެ ހެޓްރިކާއެކު މާފަރު ބަލިކޮށް، ހިންނަވަރުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ނަސޫހް ގެ ހެޓްރިކާއެކު މާފަރު ބަލިކޮށް، ހިންނަވަރުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

4/27/2024, 2:35:24 PM

# ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް# ދިވެހި ކުޅިވަރު # ފުޓްބޯޅަ

ހިންނަވަރާއި މާފަރު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސިޑިބަރި

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ "ކުއާރޒޯ ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް 2024" ގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅެވުނު މެޗުގައި 5-1 ގެ ނަތީޖައަކުން މާފަރު އެސްސީ ބަލިކޮށް ހިންނަވަރުން މުބާާރާތުގެ ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ހިންނަވަރުން ކުޅުނު ފުރަތަމަ މެޗުގައި ކޮމެޓްސް އެސްސީ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ޅޮހި އެފްސީ އަތުން އެޓީމު މޮޅުވީ 11-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މާފަރުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން މާޅެންދޫ އަތުން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން ހިންނަވަރު ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި މާފަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އައިހަމް ހަމްދޫން އެވެ.

މީގެ އިތުރުން މިމެޗުގައި ހިންނަވަރު ޓީމުގެ އަލީ ނަސޫހު ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، ކެޕްޓަން އަހުމަދު އަބްދުﷲ (ލިލީ) ގެ އިތުރުން އެޓީމުގެ ސްރީ ލަންކާ ފޯވާޑް ކަވިންދު އިޝާން މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ހިންނަވަރު ޓީމުގެ އަލީ ނަސޫހު އެވެ.

ކެނދިކުޅުދޫ ކައުންސިލުންގެ ފަރާތުން އިންތިޒާމުކޮށް، މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޅޮހި ފުޓްބޯޅަ ކްލަބް, މާޅެންދޫ ފުޓްބޯޅަ ޓީމް, ހިންނަވަރު ސްޕޯރޓްސް ކްލަބް, ކޮމެޓްސް ސްޕޯރޓްސް ކްލަބް އަދި މާފަރު ފުޓްބޯޅަ ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޑަފަރި ސްޕޯރޓްސް ކްލަބް, ކެނދިކުޅުދޫ ވިންޑް ވޮރިއޯސް, މަނަދޫ ސްޕޯރޓްސް ކްލަބް, ނައިފަރު ޗެލްސީ, އަދި ޑީ ޓޫ ސްޕޯރޓްސް ކްލަބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ