logoEN
cocacola
މަނަދޫ އަތުން ނައިފަރު ޗެލްސީ އަށް އުނދަގޫ މޮޅެއް

މަނަދޫ އަތުން ނައިފަރު ޗެލްސީ އަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

4/24/2024, 7:00:36 PM

# ދިވެހި ފުޓްބޯޅަ# ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް

ނައިފަރު ޗެލްސީގެ މިސްރު ޑިފެންޑަރު އެލްސައީދު މަނަދޫ އާއި ދެކޮޅަށް ކުޅެނީ... ފޮޓޯ: ސިޑިބަރި

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްގެންދާ "ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް" ގައި ބުދަ ދުވަހުގެ ރޭ މަނަދޫ އެސްސީ އާއި ނައިފަރު ޗެލްސީ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓް ކުރީ ނައިފަރު ޗެލްސީ އިންނެވެ. އެޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިންގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ކުޅުންތެރިން ތިބިއިރުު، ފުރަތަމަ ހާފުގައި އެޓީމުން ވަނީ،ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އިވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ނައިފަރު އެސްސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރުގެ ޑިފެންޑަރު އަލް ސައީދު އެވެ.

މިއީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނައިފަރު ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ނައިފަރު ޗެލްސީގެ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ޖަމާލް އެވެ.

ކެނދިކުޅުދޫ ކައުންސިލުންގެ ފަރާތުން އިންތިޒާމުކޮށް، މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު އެވެ.

މިމުބާރާތުގައި މިއަދު ވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު 16:00 ގައި ހިންނަވަރު އެސްސީ އާއި ޅޮހި އެފްސީ ވާދަކުރާއިރު، މިރޭ 21:00 ގައި މާޅެންދޫ އެފްޓީ އިން ނުކުންނާނީ މާފަރު އެފްސީ އާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ