logoEN
cocacola
އިރާނުގެ ވަޒީރަކު ހައްޔަރުކުރުމަށް އާޖެންޓީނާއިން ލަންކާ ސަރުކާރުގައި އެދެފި

އިރާނުގެ ވަޒީރަކު ހައްޔަރުކުރުމަށް އާޖެންޓީނާއިން ލަންކާ ސަރުކާރުގައި އެދެފި

އަހުމަދު ޝުރާއު

logo

4/24/2024, 5:44:50 PM

# އިރާން# ސްރީލަންކާ

ވަހީދީ

އިރާނުގެ ރައީސް އިބްރާހީމް ރައީސީއާއި އެކު ދެކުނު އޭޝިއާއަށް މިހާރު ޒިޔާރާތްކުރައްވަމުން ގެންދަވާ އިރާނުގެ ވަޒީރަކު ހައްޔަރުކުރުމަށް އާޖެންޓީނާއިން ލަންކާ ސަރުކާރުގައި އެދެފި އެވެ.

ގޮސިޔާ

އާޖެންޓީނާއިން ލަންކާ ސަރުކާރުގައި އެދިފައިވަނީ އީރާނުގެ ދާޚިލީ ވަޒީރު ހައްޔަރުކޮށްދިނުމަށެވެ.

ނަމަވެސް އީރާނުގެ ރައީސް އިބްރާހިމް ރައީސީ ސްރީލަންކާއަށް ވަޑައިގެންނެވީ 1994 ވަނަ އަހަރު ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ އީރާނުގެ ދާޚިލީ ވަޒީރާ ނުލައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސީ ލަންކާއާއި ޕާކިސްތާނަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވީ 1994 ވަނަ އަހަރު ބުއެނޯސް އައިރިސްގައި ހުންނަ ޔަހޫދީ ންގެ މަރުކަޒަކަށް ދިން ހަމަލާގައި 85 މީހުން މަރުވި ކަމަށް އާޖެންޓީނާއިން ތުހުމަތުކުރާ އަހްމަދު ވާހިދީއާ އެކުގައެވެ. ޕާކިސްތާނަށް ރައީސީގެ އަރިހުގައި ދާހިލީ ވަޒީރު އަހްމަދު ވާހިދީ ވަޑައިގެންނެވި އެވެ.

ވާހިދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުލުހުންގެ އިދާރާތަކަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާއިރު އާޖެންޓީނާއިން ވަނީ އޭނާ ހައްޔަރު ކުރުމަށް ޕާކިސްތާނާއި ސްރީލަންކާއަށް ވެސް އަންގާފައެވެ.

ނަމަވެސް އީރާނުގެ އެހީގައި ކުރިއަށް ގެންދާ ކަރަންޓާއި ފެން ހިންދުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ލަންކާއަށް ވަޑައިގެންނެވި ރައީސީއާ އެކު މިނިސްޓަރު ފެނިވަޑައެއް ނުގަންނަވަ އެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވާހިދީ އެނބުރި އީރާނަށް ވަޑައިގެންނެވީ އާ ޕްރޮވިންސް ގަވަރުނަރަކު ގެނައުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ