logoEN
cocacola
އިރާނުގެ ރައީސް ސްރީލަންކާގައި!

އިރާނުގެ ރައީސް ސްރީލަންކާގައި!

އަހުމަދު ޝުރާއު

logo

4/24/2024, 5:33:05 PM

# ސްރީ ލަންކާ# އިރާން

އިރާނުގެ ރައީސް ލަންކާގެ ރައީސް އާއި އެކު

އީރާނުގެ ރައީސް ޑރ.އިބްރާހީމް ރައީސީ ސްރީލަންކާއަށް ވަޑައިގެންފި އެވެ.

ގޮސިޔާ

އީރާނުގެ ރައީސް ޑރ.އިބްރާހީމް ރައީސީ ލަންކާއަށް ވަޑައިގެންނެވީ މިއަދު ހަވީރު އެވެ. އެގޮތުން ލަންކާގެ ހަމްބަންޓޯޓާގެ މައްޓަލާ އެއަރޕޯޓުން މަރުހަބާ ދެންނެވީ ލަންކާ ސަރުކާރުގެ އެންމެ މަތީ ފަންތީގެ ވެރިންނެވެ.

ލަންކާއަށް ވަޑައިގަތުމަށްފަހު އީރާނުގެ ރައީސް ޑރ.އިބްރާހީމް ރައީސީ ވަޑައިގެންނެވީ އިރާނުގެ އެހީގައި ލަންކާގައި ކުރިޔަށް ގެންދިޔަ އުމާ އޮޔާ މަލްޓިޕާޕަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތަށެވެ. ރަސްމިއްޔާތު އޮތް ސަރަހައްދުން އިރާނުގެ ރައީސްއަށް މަރުހަބާ ދެންނެވީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އެވެ.

ރައީސް ރައީސީގެ މި ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އީރާނާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމެވެ. އެގޮތުން އެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ އުމާ އޮޔާ މަލްޓިޕާޕަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތަށް ފަހުގައި އެވެ.

އީރާނުގެ ރައީސް ޑރ.އިބްރާހީމް ރައީސީ ލަންކާއަށް ކުރައްވާ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އުމާ އޮޔާ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ރައީސް ރަނިލް ވިކްރަމަސިންހަ ދެއްވި ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ 2008 ވަނަ އަހަރުގެ އޭޕްރީލް މަހު ކުރީގެ ރައީސް ޑރ މަހްމޫދު އަހުމަދީނިޖާދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު އީރާނުގެ ރައީސަކު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ