logoEN
cocacola
ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު ކުޑަފަރީ އެސްސީ ބަލިކޮށް ވިންޑް ވޯރިއާސް ފެށުން ރަނގަޅުކޮށްފި

ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު ކުޑަފަރީ އެސްސީ ބަލިކޮށް ވިންޑް ވޯރިއާސް ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

4/24/2024, 2:13:41 PM

# ދިވެހި ފުޓްބޯޅަ# ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް

ކުޑަފަރީ ކޮޅަށް ލަނޑުޖެހުމަށްފަހު ނާއިޒް (ވިންޑް ވޯރިއާސް) އުފާފާޅުކުރަނީ.... ފޮޓޯ

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްގެންދާ "ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް" ގައި މިއަދު ހަވީރު ކުޅެވުނު ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ވިންޑް ވޯރިއާސް އާއި ކުޑަފަރީ އެސްސީ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވިންޑް ވޯރުއާސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓް ކުރީ ގައުމީ ޓީމުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވިންޑް ވޯރިއާސް އިންނެވެ. ނަމަވެސް މިހާފުގައި ކުޑަފަރީ ޓީމުގެ ފަރާތުން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައެވެ.

މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އިވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވިންޑް ވޯރިއާސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައިސަމް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނާއިޒް އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ވިންޑް ވޯރިއާސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވިންޑް ވޯރިއާސް ގެ އަބްދުﷲ ޔާމީން އެވެ.

ކެނދިކުޅުދޫ ކައުންސިލުންގެ ފަރާތުން އިންތިޒާމުކޮށް، މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޅޮހި ފުޓްބޯޅަ ކްލަބް, މާޅެންދޫ ފުޓްބޯޅަ ޓީމް, ހިންނަވަރު ސްޕޯރޓްސް ކްލަބް, ކޮމެޓްސް ސްޕޯރޓްސް ކްލަބް އަދި މާފަރު ފުޓްބޯޅަ ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޑަފަރި ސްޕޯރޓްސް ކްލަބް, ކެނދިކުޅުދޫ ވިންޑް ވޮރިއޯސް, މަނަދޫ ސްޕޯރޓްސް ކްލަބް, ނައިފަރު ޗެލްސީ, އަދި ޑީ ޓޫ ސްޕޯރޓްސް ކްލަބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ