-1791113559823.jpeg?w=3840&q=75)






.jpg?w=3840&q=75)

velana-int-airport
ފަޔާ ވެހިކަލް އަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކޫއްޑޫ އެއާޕޯޓް ހުއްޓުމަކަށް އައިސްފިއެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫ އެއާޕޯޓް ހުއްޓުމަކަށް އައިސްފައިވަނީ މިވަގުތު އެ އެއާޕޯޓުގައި ބޭނުންކުރާ 2 ފަޔާ ވެހިކަލް ގައިވެސް މައްސަލަ ޖެހިގެންނެވެ.
ކޫއްޑޫ އެއާޕޯޓުގެ ފަޔާ ވެހިކަލް އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ކޫއްޑޫ އެއާޕޯޓަކީ ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް މިހާރުވެސް 6 ފްލައިޓް އޮޕަރޭޓް ކުރަމުން ގެންދާ އެއާޕޯޓެކެވެ.
ކޫއްޑޫ އެއާޕޯޓް މިއަދު ހުއްޓުމަކަށް އައި އިރު މާރިޗު މަހު 22 ވަނަ ދުވަހު ހުވަދު އަތޮޅުގެ ކާޑެއްދޫ އެއާޕޯޓްގެ ފަޔާ ވެހިކަލް އަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އެއާޕޯޓްވެސް މައްސަލަ ހައްލުކުރެވެންދެން ބަންދުކުރެވުނެވެ.
-1791113559823.jpeg?w=3840&q=75)



-1791113559823.jpeg?w=3840&q=75)



