
ޕާކިސްތާނުގައި ބޭއްވި މުބާރާތުގައި ބައިވެރިވި ދިވެހި ޝެފުން ހޯއްދެވި ކާމިޔާބީ ފާހަގަކޮށް މަރުޚަބާ ދަންނަވަނީ - ފޮޓޯ: ސީޖީއެމް
ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެންޕިއަންޝިޕްގައި ބައިވެރިވެ ދިވެހި ޝެފުން 9 މެޑަލްއެއް ހާސިލްކޮށްފިއެވެ. މި މުބާރާތް ކުރިއަށްދިޔައީ މިމަހުގެ 13 އިން 15 އަށް ޕާކިސްތާނުގެ ލާހޫރުގައެވެ.
ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެންޕިއަންޝިޕްއަކީ ޕާކިސްތާނުގެ ޝެފުންގެ ޤައުމީ ޖަމިއްޔާ، ޝެފްސް އެސޯސިއޭޝަން އޮފް ޕާކިސްތާނުން އިންތިޒާމްކޮށްގެން ބޭއްވި ކަލިނަރީ މުބާރާތެކެވެ. މި މުބާރާތުގައި ދިވެހި ޝެފުން ބައިވެރިވެފައިވަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.
މި މުބާރާތުގައި ދިވެހި ޝެފުންގެ ޓީމުގައި ހިމެނެނީ ޝެފް އިސްމާއިލް ތަހުސީން، ޝެފް އަޖުވަދު އަބްދުލްވައްހާބު، ޝެފް އައިޝަތު ރަޝްފާ އަޙްމަދު، އަދި ޝެފް މަރިޔަމް ޝަފާނާއެވެ.
ޝެފް އިސްމާއިލް ތަހުސީން
ޝެފް އަޖުވަދު އަބްދުލްވައްހާބު
ޝެފް އައިޝަތު ރަޝްފާ އަޙްމަދު
ޝެފް މަރިޔަމް ޝަފާނާ
މީގެއިތުރުން ޝެފް އިސްމާއިލް ތަހުސީން، ޝެފް އަޖްވަދު އަބްދުލްވައްހާބު، އަދި ޝެފް އައިޝަތު ރަޝްފާ އަޙްމަދު ވަނީ 4 ކޯސް ގޯމޭ މެނޫ ތައްޔާރުކުރުމުގެ ޓީމް ޗެލެންޖުގައި ބައިވެރިވެ އެންމެ މަތީ މާކްސްއާއި ގޯލްޑް މެޑަލް ހޯދާފައެވެ.
މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ވޯލްޑް ޝެފްސް ސެޑިފައިޑް ކޮންޓިނެންޓަލް ޖަޖުން ކަމުގައިވާ ޝެފްސް ފާތުމަތު އުމަރު، ޝެފްސް މުޙައްމަދު އަބްދުﷲ އަދި ރޫކީ ޖަޖު ޝިހާމާ ޝަފީއު ވަނީ ބައިވެރިވެފައެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލްކުރުމަށް އުފެއްދި އެންމެ ފުރަތަމަ އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަރންމެންޓް ޖަމިއްޔާއެވެ. އަދި މި ޖަމިއްޔާގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި މި ޖަމިއްޔާގެ ފަރާތުން ދިވެހި ޝެފުން ބައިވެރިވެ ރާއްޖެއަށް ދަނީ ރީތި ނަން ހޯދައިދެމުންނެވެ.



.jpg?w=3840&q=75)




.jpg?w=3840&q=75)






.jpg?w=3840&q=75)
