
އޭލިއަން އަކަށްވާން ސާޖަރީހެދި މިމީހާ ބޭނުންވަނީ އޭނާގެ ޖިންސީގުނަވަން ދެފަޅި ކުރަން
resize copy
އެންތަނީ ލޮޕްރެޑޯ ނުވަތަ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ނަމުން ނަމަ "ބްލެކް އޭލިއަން" މިހާރު ބޭނުން ވަނީ އޭނާގެ ޖިންސީ ގުނަވަން ދެ ފަޅިއަަށް ފަޅާލުމަށް އިތުރު ސާޖަރީއެއް ހެދުމަށް ކަމަށް ރިޕޯޓުތައް ބުނެފިއެެވެ.

އޭލިއަން އަކަށް ވުމަށްޓަކައި އޭނާ ވަނީ އެތައް އަހަރުތަކެއް ވަންދެން ގިނަ ސާޖަރީތަކެއް ހަދާފައެވެ. އެގޮތުން އޭނާގެ ނޭފަތާއި ކަންފަތް އަދި ތުންފަތާއި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އޭނާ ވަނީ ސާޖަރީކޮށްގެން ގެނެސްފައެވެ.
އަދި އޭނާގެ އިނގިލިތަކާއި މުޅި ގައިގައި ޓެޓޫ ޖަހާފައިވީ ނަމަވެސް އަދިވެސް އޭނާ ބޭނުންވަނީ އިތުރު ބަދަލުތަކެއް އޭނާގެ ހަށިގަނޑަށް ގެނައުމަށެވެ.
އޭނާއާ ހަވާލާދީ ބޭރުގެ ބައެއް މީީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ މިހާރު ވިސްނަމުން ގެންދަނީ އޭނާގެ ޖިންސީ ގުނަވަން ދެ ފަޅިއަށް ފަޅާލުމަށް ކަމަށާއި، މި ސާޖަރީއަށްފަހު އޭނާގެ ދެ ޖިންސީ ގުނަވަން އޮންނާނެ ކަމަށެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި އޭލިއަނަކަށް ވުމަށް އޭނާ ކުރަމުންްދާ މަސައްކަތުގެ 46 އިންސައްތަ މިހާރުވަނީ ފުރިހަމަވެފައެވެ. އަދި މުސްތަޤްބަލުގައި އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމަަށްވެސް ރިޕޯޓުތައް ބުނެއެވެ.