![މަހިބަދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިން އައު ޖަނަރޭޓަރު ސެޓެއް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F01%2FFnSi8TPaEAcnJ1Q.jpg&w=3840&q=75)
މަހިބަދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިން އައު ޖަނަރޭޓަރު ސެޓެއް
FnSi8TPaEAcnJ1Q
އދ.މަހިބަދޫގައި ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެރަށަށް އިތުރު ޖަނަރޭޓަރު ސެޓެއް ފޯރުކޮށްދީފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މި ޖަނެރޭޓަރު ސެޓް އެރަށަށް ފޯރުކޮށްދިނީ ސްޓެލްކޯއިންނެވެ. މިޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ވޯކްޝޮޕުން އެންމެ ފުރަތަމަ އެސެމްބަލް ކުރި ސްޓެވޯ ބްރޭންޑްގެ STW600 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.
ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، ރަށަކީވެސް ރަނގަޅު ޚިދުމަތެއް ޤާއިމުވެފައިވާ ރަށްތަކަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ސްޓެލްކޯ ވޯކްޝޮޕުންވަނީ 3 މޮޑެލްއެއްގެ ޖަނެރޭޓަރު ރާއްޖޭގެ ބާޒާރަށް ނެރެފައެވެ. މީގެތެރޭގައި ހިމެނެނީ STW300, STW600 އާއި STW800 އެވެ. މި ޖަނަރޭޓަރު ގަންނަ ފަރާތްތަކަށް އެކުންފުނިން އިތުރު ޚިދުމަތްތަކެއް ދިނުމަށްވަނީ ހަމަޖައްސާފައެވެ.
ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިމަށް އދ.ހަންޏާމީދޫއަށްވެސް ވަނީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ STW300 ޖެނެރޭޓަރެއްގެންގޮސްފައެވެ. ކަރަންޓުގެ ކެޕޭސިޓީ މިއާއެކު އިތުރުވެ އެރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ޙައްލެއް ލިބިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ތަޢާރަފްކޮށްފައިވާ ޖަނަރޭޓަރަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ޖަނަރޭޓަރުތަކާ އެއްފެންވަރަކަށް ސްޕެއަރތައް ރާއްޖެއަށް ގެނެސްގެން ސްޓެލްކޯގެ އިންޖިނިއަރުން އެސެމްބަލްކުރާ ޖަނަރޭޓަރުތަކެކެވެ.