
ތިނަދޫއިން އިތުރު މީހަކު ފައްސިވެ ، އެކްޓިވް ކޭސްގެ އަދަދު 4 ކަށް
Fuvamulah
ގދ ތިނަދޫއިން ކޮވިޑް-19 އަށް އިތުރު މީހާކު ފައްސި ވެއްޖެ އެވެ.

ތިނަދޫއިން ފައްސިވެފައިވަނީ އައްޑޫ އެއާޕޯޓް ކްލަސްޓާރގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ތިނަދޫއިން ފާހަގަކުރެވުނު ، ފައްސިވެފައިވާ ކޭސްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. މިކަން ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައިއެވެ.
މިއަދު ތިނަދޫއިން މި ކްލަސްޓާގެ އިތުރު މީހަކުވެސް ވަނީ ފައްސިވެފައިއެވެ. މިއާއި އެކު ތިނަދޫގައި އެެކްޓިވް ކޭސްގެ އަދަދަކީ ހަތަރެކެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވީ އަންހެނެކެވެ.
ތިނަދޫއިން ނެގި ރެންޑަމް ސާމްޕަލެއްވެސް ވަނީ ކޮވިޑަށް ފައްސި ވެފައި އެވެ. އަދި މިއާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިއެވެ. ބަލި ކޮންޓްރޯލް ކުރުމަށް ތިނަދޫ ކައުންސިލުން ވަނީ ރަށުތެރޭގައި ފިޔަވަޅުތަށް ވަރުގަދަކޮށްފައި އެވެ.