logoEN
WAMCO TOP 1
އުތުރު ކޮރެއާގައި އޮރިޔާން ފިލްމު ބަަލާނަމަ މަރުގެ އަދަބު ދެނީ

އުތުރު ކޮރެއާގައި އޮރިޔާން ފިލްމު ބަަލާނަމަ މަރުގެ އަދަބު ދެނީ

އައިޝަތު އިފާޝާ

logo

1/24/2023, 12:20:18 PM

North Korean leader Kim Jong Un attends the sixth enlarged meeting of the eighth Central Committee of the Workers' Party in Pyongyang

އުތުރު ކޮރެއާގައި ބަރަހަަނާ މަންޒަރު އެކުލެވޭ ފިލްމުތައް ބަލާނަމަ މަރުގެ އަދަބު ދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

THE TRAVELLER AD

އެގައުމުގެ ވެރިޔާ ކިމް ޖޮން އުންގެ ގެ އަމުރަށް ސިއްރު ސްކޮޑްތަކުން މިގޮތަށް ކަންތައް ކުރަން ނިންމާފައިވަނީ ބޭރުގެ ނުފޫޒުތައް ހުއްޓުވުމަށްް ކަމަށް ބުނެއެވެ. އެގޮތުން އެފަދަ މަންޒަރުތައް ބަލާ ކޮންމެ މީހަކުވެސް މެރުމަށް ވަނީ ނިންމާފައެވެ.

"ގްރޫޕާ" ނުވަތަ "ނޮން-ސޯޝަލިސްޓް ގްރޫޕްސް" ގެ ނަމުން ނަން ދީފައިވާ މި ސްކޮޑްތަކަކީ ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ވިސްނުމާ ހިލާފަށް ކުރިއަށް ދިއުމަށް ޕިޔޮންގްޔަންގް އިން ކަންތައްތައް ހަވާލުކުރާ ސްކޮޑެކެވެ.

އުތުރު ކޮރެއާގެ ރައްޔިތުންނަށް ބޭރުގެ މީޑިއާތަކާއި ބޭރުގެ ސަގާފަތްތަކާއި ބޭރު ދުނިޔޭގެ ގިނަ ކަންތައްތަކާއި ގުޅިގެން އުޅުމަކީ މަނާކަމެކެވެ. އަދި މިފަދަ ކަންތައް ކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތައް އަޅާ ގައުމެކެވެ.

ކޮމެންޓް
ފަހުގެ
HDC