![މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FWhite-Alert.jpg&w=3840&q=75)
White Alert
މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ނެރުނު ހުދުސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އެއިދާރާއިން އަނެއްކާވެސް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދުސަމާލު ނެރެފައިވަނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލާފާކޮށް ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފައެވެ.