![މޫސުން ގޯސްވެ ދެކުނުގެ ދެ ސިޓީއަށް ރީނދޫ ސަމާލު، ކުދި އުޅަނދުތައް ދުއްވުން މަނާ!](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F07%2FYellow-Alert.jpg&w=3840&q=75)
މޫސުން ގޯސްވެ ދެކުނުގެ ދެ ސިޓީއަށް ރީނދޫ ސަމާލު، ކުދި އުޅަނދުތައް ދުއްވުން މަނާ!
Yellow Alert
ދެކުނުގެ ދެސިޓީކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ރީނދޫ ސަމާލު ނެރެފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މޫސުމާބެހޭ ގައުމީ އިދާރާއިން، ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 22:15 އިން މެންދަމު 02:00 އާއި ހަމައަށެވެ.
އެ އިދާރާއިން ބުނީ، އެ ސަރަހައްދަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.