![މާމެންދޫ މާރާމާރީ : ޕޯސްޓްމޯޓަމް ހެދުމަށް އުދައްޔުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2FIMG_0804.jpg&w=3840&q=75)
މާމެންދޫ މާރާމާރީ : ޕޯސްޓްމޯޓަމް ހެދުމަށް އުދައްޔުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަނީ
IMG_0804
ގއ މާމެންދޫގައި ރޭ ހިނގި ގްރޫޕް މާރާމާރީއެއްގައި މާރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މައުލޫމާތު ލިބިފައިވާ ގޮތުގައި އުދައްޔުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަމަށްޓަކައި މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ގާފު އަށް ކަށަވަރުކޮށްދީފައި އެވެ.
އުދައްޔު މަރާލާފައިވަނީ ދެގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި އެވެ. އަދި މި މާރާމާރީގައި އަނިޔާ ލިބުނު އިތުރު ޒުވާނަކަށް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ފަރުވާ ދެމުން އަންނަނީ މި މާރާމާރީގައި މަރާލި އުދައްޔުގެ ބޭބެ އަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ވަނީ ތިން މީހާކު ހައްޔަރުކޮށްފައިއެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.