logoEN
cocacola
50 އަހަރުން މަތީގެ ހައި ރިސްކު މީހުންނަށް ވެކްސިން ދޭން ފަށައިފި

50 އަހަރުން މަތީގެ ހައި ރިސްކު މީހުންނަށް ވެކްސިން ދޭން ފަށައިފި

އަހުމަދު ޝުރާއު

logo

2/9/2021, 9:58:30 AM

ethbrj5ucaab5qx

އުމުރުން 50 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

ގޮސިޔާ

50-55 އަހަރުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެކްސިން ދޭން ފުރަތަމަ ފަށާފައިވަނީ މާލެ ސަރަހައްދުގައި އެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ހުޅުމާލެ ފްލޫ ކްލިނިކުގެ އިތުރުން ވިލިމާލެ ޔޫތް ސެންޓަރުގައި ވެކްސިން ދިނުން މިހާރު ފެށިގެން ކުރިޔަށް އެބަދެއެވެ.

އުމުރުން 50 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންނަށް ވެކްސިން ދިނުމަށް ސޯޝަލް ސެންޓަރާއި ހުޅުމާލެ ފްލޫ ކްލިނިކުގައި ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރުގައި ވެކްސިން ދިނުން ކުރިޔަށަށް ގެންދާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލުގައި ވާގޮތުގެ މަތީން 55 އަހަރުން މަތީގެ ހުރިހާ މީހުންނަން ސެންޓަރުތަކަށް ދިއުމުން ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އަދި ވެކްސިން ޖަހަން ދާއިރު އެއީ ކާކުކަން އަންގައިދޭ ލިޔުމަކާއި ބޭނުންކުރާ ބޭހުގެ މައުލޫމާތު ގެންދިޔުމާއި ވެކްސިން ޖަހަން ފަސޭހައިން ކޮނޑު ދެއްކޭނެ ފަދަ ހެދުމެއް ލާން އެޗްޕީއޭ އިން އެދެ އެވެ.

50-55 އަހަރުގެ މީހުންގެ ތެރެއިން ވެކްސިން ދިނުމުގައި އިސްކަން ދޭނެ މީހުން

- ހަކުރު ބަލި ހުންނަ މީހުން

- ކިޑްނީ ބަލީގެ މީހުން

- ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހުގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުން

- ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެެއް ތަހައްމަލުކުރާ މީހުން

- އިސްކޮޅާ އަޅާކިޔާއިރު ބަރުދަން އިތުރު މީހުން (ބީއެމްއައި 40 އަށް ވުރެ މަތި މީހުން)

- ތެލަސީމިއާ/ސިކްލް ސެލް އެނީމިއާ ހުންނަ މީހުން

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު އިއްޔެއާއި ހަމައަށް ވަނީ 12،934 އަށް އަރާފައިއެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އަދި ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. މި ވެކްސިނަކީ ވެސް ދެޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ