
ނާސަރީ ރައިމް "އިންސީ ވިންސީ ސްޕައިޑާ"ގެ ފަހަތުގައި ފޮރުވިފައިވާ މާނަ އެނގޭޭތަ؟
x1080
މަޝްހޫރު ގިނަ ނާސަރީ ރައިމްތަކުގެ އަސްލަކީ އަނދިރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އަސްލު އޮޅޭ ގޮތަށް ގެނެސްފައި ހުންނަ ހިތްގައިމު ރައިމްތަކެކެވެ.

މިސާލަކަށް "ހަމްޓީ ޑަމްޕްޓީ" އަށް ބަލައިފި ނަމަ، ގިނަ ބަޔަކަށް ހީވެފައިއ އޮންނަނީ މި ރައިމްއަކީ ބިޔަ ބޮޑު ބިހެއް ފާރެއްގެ މަތީގައި އިންދާ ވެއްޓިގެން ފަޅައިގެން ދިއުމުން އޭތި އަނބުރާ ރަނގަޅުކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވެގެން އުޅޭ ކަމެވެ. އަދި އޭގެ ފަހުގައި އެ ބޮޑު ބިސް އޭނާއަށް ކުރެވުނު ކަންތަކުގެ ސަބަބުން ފިލާވަޅެއް ލިބިގެން އުޅޭ ކަމެވެެ.
އެހެން ނަމަވެސް އޭގެ ފަހަތުގައި ފޮރުވިފައިވަނީ އެހެން މާނައެކެވެ. އެވާހަކަ ދެގޮތަކަށް ކިޔައި އުޅެއެވެ. އެއްގޮތަކީ، 1483 އިން 1485 އާ ހަމައަށް އިނގިރޭސިވިލާގުގެ ރަސްކަން އަދި ލޯޑް އޮފް އަަޔަލޭންޑް ރިޗަޑް ތިންވަނަ ފާރެއްގެ މަތިން ވެއްޓި މަރުވި ވާހަކައެވެ. ނުވަތަ އިނގިރޭސީންގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ބަޑިޖަހައިގެން ކޮލްޗެސްޓާގެ ފާރުތައް ވައްޓާލި ވާހަކަ ކަމަށްވެސް ބުނެވެއެވެ.
ކޮންމެ ގޮތަކަށް ބެލެވުނު ނަމަވެސް، މިއީ ކުޑަ ކުދިންނަށް އެކުދިންގެ އުމުރާ އަޅާބަލާއިރު ދަސްްކުރުމަށް އެހާ ރަނގަޅު ވާހަކައެއް ނޫނެވެ.
ދެން އޮތީ "އިންސީ ވިންސީ ސްޕައިޑާ" ނުވަތަ "އިޓްސީ ބިޓްސީ ސްޕައިޑާ"ގެ ވާހަކައެވެ. މި ރައިމް އަކީ، ފައިދިގު މަކުނެއް ފުރާޅުގެ ފެންހޮޅިއަކަށް އަރަން އުޅެނިކޮށް ވާރޭވެހި ފުރާޅަށް ފެންއެޅި ހޮޅީގެ ތެރޭގައި އޮތް ފައިދިގު މަކުނު ފެނާއެކު ދާ ވާހަކައެވެ. އަދި ވާރޭވެހި ނިމުމުން އަނެއްކާވެސް ފައިދިގުމަކުނު އަނބުރާ ހޮޅިއަށް އަރަން މަސައްކަތް ކޮށް ކާމިޔާބުވާ ވާހަކައެވެ.
ގިނަ ނާސަރީ ރައިމްތަކެކޭ އެއްފަދައިން މިއީ ވެސް ވަރަށް ހިތްގައިމު ރާގެއް ހިމެނޭ ރައިމެއް ނަމަވެސް ހަގީގީ މާނަ ވަރަށްވެސް ތަފާތެވެ.
ހަގީގަތުގައި މިއީ، ފަގީރު މީހުން މަސްތުގެ ހާލަތުގައި ތިބެ، ރޭލު ކުރިމައްޗަށްް އެރުމުން ރޭލުންޖެހި މަރުވާ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ ލަވައެއް ބަދަލުކޮށް، ކުޑަކުދިންނާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ރައިމެކެވެެ.
"އިންސީ ވިންސީ ސްޕައިޑާ" ބިނާކޮށްފައިވަނީ "ޓިޕްސީ ޑިޕްސީ ހޯބޯ" ގެ މައްޗަށެވެ.
"ދަ ޓިޕްސީ ޑިޕްސީ ހޯބޯ ޑްރިންކްސް ފްރޮމް ދަ ލާޖަރ ސްޕައުޓް، ހިއަރ ކަމްސް ދި ޓްރެއިން އިޓް ނޮކްސް ތަ ހޯބޯ އައުޓް" މިއީ އަސްލު ލަވައިގައި އިންނަ ގޮތެވެ.
މި ލަވައިގެ އަސްލަކީ އެމެރިކާގެ ދާހިލީ ހަނގުރާމައަށް ފަހު ރޭލުތައް މަގުބޫލުވަމުން ދިޔަ ދުވަސްވަރާއި ފަގީރުން އާންމުގޮތެއްގައި މަސްތުގެ ހާލަތުގައި ތިބެގެން ރޭލުތަކުގެ ކުރިމައްޗަށް ފުންމާލަން އުޅޭ ވާހަކައެވެ.
އެހެންކަމުން، ވަރުގަދަ އަޒުމެއްގައި ހުރި ކުޑަކުޑަ ފައިދިގު މަކުނެއް ވާރޭ ފެން ހޮޅިއެއްގެ ތެރެއަށް އަރަންް މަސައްކަތް ކުރާ ވާހަކައިގެ ބަދަލުގައި، މިއީ ފަގީރު ސަރަހައްދުތަކުގެ ފެތުރެމުންދިޔަ މަސްތުވާތަކެތީގެ ވަބާއެއްގެ ވާހަކައިގެ މައްޗަށް ބުރަވެވޭ ރައިމްއެކެވެ.
ނަމަވެސް ޒަމާނާއެކު އޭގެ އަސްލު މާނައާއި މަޤްސަދު އޮޅި ގިނަ ބައެއްގެ މެދުގައި މިހާރު ގިނަ ރައިމްސްތައް މަޤުބޫލުވެފައިވަނީ ކުޑަކުދިންގެ މުނިފޫހިފިލުވުމުގެ ގޮތުން ބޭނުންކުރާ "ޓޫލް" އެއްގެ ގޮތުގައެވެ.