logoEN
PNC TOP 3
ފަރުވާއަށްފަހު ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ފަރުވާއަށްފަހު ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

އައިޝަތު އިފާޝާ

logo

1/13/2023, 9:12:12 PM

big_g8456qrSgHxSFX5HGIFPTSCvX_maumoon

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

PNC MID 2

ދަރުމަވަންތަ ހޮސްޕިޓަލުގައި ރައީސް މައުމޫން މިއަދު އެޑްމިޓްކުރެއްވީ ލޭގެ ޕްރެޝަރ ދަށްވެގެންނެވެ. ނަމަވެސް ހާލުކޮޅު ރަނގަޅުކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރެއްވުމަށްފަހު ބައެއް ޓެސްޓްތައް ހެއްދެވިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު އެމަނިކުފާނު ހުންނެވީ ގެކޮޅުގައިކަމަށެވެ.

އެމަނިކުފާނު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރެއްވުމާއި ގުޅިގެން އާއިލާގެ ބޭފުޅުންނާއި، ރަހްމަތްތެރިންނާއި، އެނޫންވެސް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ފޮނުއްވި މެސެޖުތަކަށް ޝުކުރުއަދާކުރައްވާފައެވެ. ޚާއްޞަކޮށް ޑޮކްޓަރުންނާއި ނަރުހުން ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ޢުމުރުފުޅުން 85 އަހަރުފުރިފައިވާ ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް ބަލި ޙާލަތާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރައްވާފައެވެ. އެގޮތުން ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން ތިން ހަފްތާ ވަންދެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވާފައިވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC