
adf
ގއ މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަކުއްޖާ މަރުވެއްޖެ އެވެ.

ކުއްޖާ މަރުވިކަން ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވަނީ " ގާފު " އަށް ކަށަވަރުކޮށްދީފައި އެވެ. މާރާމާރީގައި އަނިޔާވި ކުއްޖާ މަރުވީ ގއ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާއަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ދެބެއިންނަށް ކަމަށް " ގާފު " އަށް ވަނީ މައުލޫމާތު ލިބިފައިއެވެ. އަދި ދެބެއިންއަށް ހަމަލާދީފައިވަނީ ގްރޫޕަކުންނެވެ.
'' ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ވެފައިވަނީ 17 އަހަރުގެ ކުއްޖަކަށެވެ. އަދި އެކުއްޖާގެ ގައިން ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައިއެވެ.
މިމައްސަލައާއި ގުޅިގެން މާމެންދޫއަށް ވިލިނގިލިން ފުލުހުންގެ އެސްއޯ ޓީމެއް ފުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވިލިނގިލީގައި ހުރި ގާފުގެ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.