![ކޮވިޑް 19: ތިނަދޫގައި ފިޔަވަޅުތަށް ވަރުގަދަކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2FIMG_0797.jpg&w=3840&q=75)
DCIM100MEDIADJI_0566.JPG Processed with VSCO with g3 preset
ގދ ތިނަދޫ އިން ނެގި ކޮވިޑް-19 ގެ ރެންޑަމް ސާމްޕަލެއްް ފައްސި ވުމާއި ގުޅިގެން ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ތިނަދޫ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ތިނަދޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ރަށުތެރޭގައި އަޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަށް ވަނީ އިއުލާންކޮށްފައިއެވެ.
ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތަށް
ސައިހޮޓާ އަދި ރެސްޓޯރެންޓުތަށް ރޭގަނޑު 11:00 ގައި ބަންދުކުރުން
ފިހާރަތަކާއި ގާޑިޔާތަށް ރޭގަނޑު 10:00 ގައި ބަންދުކުރުން
ހުރިހާ ކުޅިވަރު ހަރަކާތްތަށް ހުއްޓާލުން
ފަރު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުންނޫނީ މަހަށް ނުފުރުން
ކަނޑު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލާ ވެވޭ އިޤްރާރެއްގެ ދަށުން ނޫނީ މަހަށް ނުފުރުން
ސްކޫލް ، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަންކްލާސްތަކާއި ޤްރުއާން ކްލާސްތަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުން
ކުޑަކުދިންގެ ޕާރކްތަކާއި ، މިއުޒިއަމް ޕާރކް ބަންދުކުރުން
ތިނަދޫ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ވީހާވެސް ގިނަ ވަގުތު ގޭގައި ތިއްބެވުމަށާއި ޟަޒޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިމުގެ އިތުރުން ބޭރަށް ދާނަމަ މާސްކު އެޅުމަށް އިލްތިމާސް ކޮށްފައިއެވެ. ހަމައެއާއި އެކު ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.
ތިނަދޫއިން ރެންޑަމް ސާމްޕަލެއްް ފައްސި ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ. '' ގާފު '' އަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި ކޮވިޑަށް ފައްސި ވެފައި ވަނީ ތިނަދޫ ބަދަރު ސަރަހައްދުގައި ގާޑިޔާއެއްގެ ހިދުމަތް ދެމުން އަންނަ ފިރިހެނެކެވެ.
މި ކޭސްއާއި އެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 2 ކެވެ. ތިނަދޫ އިން މީގެ ދެދުވަސް ކުރިން ވަނީ އިތުރު ކޭސްއެއް ފެނިފައި އެވެ. ފުރަތަމަ ތިނަދޫއިންފައްސިވި މީހާއަކީ އައްޑޫ ސިޓީއިން ކޮވިޑް-19އަށް ފައްސިވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި މީހެއްކަމަށްވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންވަނީ ބުނެފައެވެ.
ތިނަދޫ ވަނީ އިއްޔެ މޮނީޓަރިންގ ހާލަތަށް ގެނެސްފައި އެވެ.