logoEN
ކޮކާކޯލާ
ތިނަދޫ ކޭސް: 16 ނަމްބަރު ގާޑިއާއިން ހިދުމަތް ހޯދިފަރާތްތަށް އައިސޮލޭޓްވުމަށް އަންގައިފި

ތިނަދޫ ކޭސް: 16 ނަމްބަރު ގާޑިއާއިން ހިދުމަތް ހޯދިފަރާތްތަށް އައިސޮލޭޓްވުމަށް އަންގައިފި

އަހުމަދު ޝުރާއު

logo

2/8/2021, 5:28:43 PM

IMG_3072

ގދ ތިނަދޫ އިން ނެގި ކޮވިޑް-19 ގެ ރެންޑަމް ސާމްޕަލެއްް ފައްސި ވުމާއި ގުޅިގެން ތިނަދޫ ބަދަރު ސަރަހައްދުގައި ހުރި 16 ނަމްބަރު ގާޑިޔާއިން ހިދުމަތް ހޯދި ފަރާތްތަށް ރޫމް އައިސޮލޭޓްވުމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދިއްޖެ އެވެ.

އަބުޅޯ

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދާދިދެންމެ އަކު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި 16 ނަމްބަރު ގާޑިޔާއިން ހިދުމަތް ހޯދި ފަރާތްތަށް ރޫމް އައިސޮލޭޓްވުމުގެ އިތުރުން ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން އަށް ގުޅުއްވައި މައުލޫމާތު ހޮސްޕިޓަލާއި ހިއްސާކުރުމަށް ވަނީ އެދިފައިއެވެ. ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން ނަމްބަރަކީ 7934641 އެވެ.

ތިނަދޫއިން ރެންޑަމް ސާމްޕަލެއްް ފައްސި ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ. '' ގާފު '' އަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި ކޮވިޑަށް ފައްސި ވެފައި ވަނީ ތިނަދޫ ބަދަރު ސަރަހައްދުގައި ގާޑިޔާއެއްގެ ހިދުމަތް ދެމުން އަންނަ ފިރިހެނެކެވެ.

އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ. އަދި ރޯގާގެ އެއްވެސްއަލާމާތެއް ފާހަގަ ކުރެވޭނަމަ ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރ 7934641 އާއި ހިއްސާކުރައްވަން އެހޮސްޕިޓަލުން އެދެއެވެ.

މި ކޭސްއާއި އެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 2 ކެވެ. ތިނަދޫ އިން މީގެ ދެދުވަސް ކުރިން ވަނީ އިތުރު ކޭސްއެއް ފެނިފައި އެވެ. ފުރަތަމަ ތިނަދޫއިންފައްސިވި މީހާއަކީ އައްޑޫ ސިޓީއިން ކޮވިޑް19އަށް ފައްސިވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްކަމަށްވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންވަނީ ބުނެފައެވެ.

ތިނަދޫ ވަނީ އިއްޔެ މޮނީޓަރިންގ ހާލަތަށް ގެނެސްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ