![ފަންނުވެރިން ވެކްސިން ޕޯޓަލްގައި ރަޖިސްޓްރީވާން އެދެފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2FWhatsApp-Image-2018-07-01-at-13.17.36-1.jpg&w=3840&q=75)
WhatsApp-Image-2018-07-01-at-13.17.36 (1)
ރާއްޖޭގެ ރިސޯޓުތަކަށް ގޮސް އާމްދަނީ ހޯދާ ފަންނުވެރިން ވީ އެންމެ އަވަހަކަށް ކޮވިޑް19 ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ގާއިމުކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިލްތިމާސްކޮށްފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެންސީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ސެންޓަރުގެ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަންނާނުންގެ ތެރެއިން ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން އެ ސެންޓަރުން ކުރަމުން އަންނަ ކަމަށާއި ފަންނުވެރީންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައިނުވާ ފަންނުވެރީން ވީ އެންމެ އަވަސް ފުރުސަތެއްގައި ދަފްތަރުގައި ރަޖިސްޓްރީވުމަށެވެ.
އެންސީއޭގެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސެންޓަރުން ގާއިމުކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަސައްކަަތް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަައްސާފައިވާ ކަމަށެވެ. އެގޮތުން ތިރިގާއި މިވާ ލިންކުތަށް މެދުވެރިކޮށް އެންސީއޭގެ ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
http://bit.ly/NCAArtistRegDhiv
http://bit.ly/NCAArtistRegistration
މީގެ އިތުރުން އެންސީއޭއިން ވަނީ ކޮވިޑް ވެކްސިން ޖެހުމަށް https://my.health.mv ގައި ރަޖިސްޓްރީވުމަށް ވެސް އެދިފައިއެވެ.