logoEN
ކޮކާކޯލާ
ފެރީތަކުން މިއަދު އައި މީހުންނަށް އެނބުރި ރަށަށް ދެވޭނެ - ތިނަދޫ ކައުންސިލް

ފެރީތަކުން މިއަދު އައި މީހުންނަށް އެނބުރި ރަށަށް ދެވޭނެ - ތިނަދޫ ކައުންސިލް

received_265386335072449

މިވަގުތު މޮނީޓަރިންގ އަށް ލާފައިވާ ގދ. ތިނަދޫއަށް ޒިޔާރަތްކުރި އަތޮޅުތަކުގެ ރައްޔިތުންނަށް އެނބުރި ރަށަށް ދެވޭނެކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

އަބުޅޯ

މިއަދު ހެނދުނު އެރަށް މޮނިޓަރިންއަށް ލި އިރު އަތޮޅު ތެރެއިން ފެރީތައް ވަނީ އެރަށަށް ގޮސްފައެވެ. ގދ. ތިނަދޫން ރޭ ފެނުނު ކޮވިޑް19 ކޭސްއާ ގުޅިގެން އެރަށް އަނެއްކާވެސް މޮނިޓަރިންގ ހާލަތަށް ލީ މިއަދު 8:59 ގައެވެ. "ގާފު" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ ރަށްރަށުން އައި ހުރިހާ ބޭފުޅުންނަށްވެސް އެނބުރި ރަށަށް ދިއުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

އަމްޖަދު ވިދާޅުވީ އެރަށަށް މިއަދު ފެރީތަކުން ޒިޔާރަތް ކުރި އެންމެންގެ މައުލޫމާތު ކައުންސިލުން ނަގާނެ ކަމަށާއި، އެއަށްފަހު އެމީހުންނަށް މިއަދު އެނބުރި ރަށަށް ދެވޭނެކަމަށެވެ. އަދި މިއަދު ރަށަށް އައި މީހުން އިތުރަށް މިރަށުގަ މަޑުކުރަން ޖެހުމަކީ އެމީހުންނަށްވެސް އިތުރު ތަކުލީފުތަކެއް އުފުލަން ޖޭހޭނެ ކަމެއް ކަމުގައި ދެކޭތީ އެމީހުންނަށް އެނބުރި ދެވޭނެ އިންތިޒާމް ހަމަ ޖައްސާނެ ކަމަށެވެ.

އެރަށް މޮނިޓަރިންއަށް ގެނައި އިރު ސްކޫލުތަކުގައި މިއަދު ކިޔެވުންވެސް ވަނީ ފަށާފައެވެ. މޮނިޓަރިންއަށް ލުމާ ގުޅިގެން ދަރިވަރުން ވަނީ ގެއަށް ފޮނުވަލާފައެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ރޭ ހާމަ ކުރގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ނޫނެވެ. އަދި ފައްސިވި މީހާއަކީ އައްޑޫ ސިޓީއިން ކޮވިޑް19އަށް ފައްސިވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްކަމަށްވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ