ތިނަދޫއަށް އަރައި ފޭބުން މަނާކޮށް, އަނެއްކާވެސް މޮނިޓަރިން އަށް!
ފަތުހުالله ޔާމީން ސައީދު
2/7/2021, 9:16:23 AM
ބްރޭކިންގް Breaking
ގދ. ތިނަދޫން ރޭ ފެނުނު ކޮވިޑް19 ކޭސްއާ ގުޅިގެން އެރަށް އަނެއްކާވެސް މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ.
ތިނަދޫއިން ރޭ ފައްސިވި މީހާ އަކީ ކަރަންޓީންގައި ހުރި މީހެއް ނޫނެވެ. އެމީހާ އަކީ އައްޑޫ ކްލަސްޓަރ ގައި ހިމެނޭ މީހެކެވެ.
އެރަށް މޮނިޓަރިންއަށް ގެނައި އިރު ސްކޫލުތަކުގައި މިއަދު ކިޔެވުންވެސް ވަނީ ފަށާފައެވެ. މޮނިޓަރިންއަށް ލުމަ ގުޅިގެން ދަރިވަރުން ވަނީ ގެއަށް ފޮނުވަލާފައެވެ.
ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ރޭ ހާމަ ކުރގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ނޫނެވެ. އަދި ފައްސިވި މީހާއަކީ އައްޑޫ ސިޓީއިން ކޮވިޑް19އަށް ފައްސިވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއްކަމަށްވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
"ގާފު" އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި މީހާ މަސައްކަތް ކުރަނީ ކާޑެއްދޫ އެއާރޕޯޓުގައެވެ. އަދި މިވަގުތު އެ މީހާ ހޯމް ކަރަންޓީނުގައި ހުރި ނަމަވެސް، އެ ރަށުގެ ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމުގެ މައުލޫމާތު "ގާފު" އޮންލައިން އަށް ވަނީ ލިބިފައެވެ.