logoEN
ޕީއެންސީ 2
ބޮލަށް ސީލިންގް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންދަނީ

ބޮލަށް ސީލިންގް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންދަނީ

dr.asmh

މިއަދު ގދ. ލޮނަދޫފުށްޓަށް ދަތުރު ގޮސް އުޅެނިކޮށް ބޮލަށް ސީލިންގް ވެއްޓި ޒަހަމްވި ކުއްޖާ އިތުރު ފަރުވައަށް މާލެ ފޮނުވުމުގެ މަސައްކަތް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަށައިފިއެވެ.

ޝަރީ 2024

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރުވެސް އެ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހެނދުނު ހިނގި އެ ހަދިސާގައި އަނިޔާވެފައިވަނީ ގދ. ގައްދޫއަށް ނިސްބަތްބާ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެހާދިސާގައި ކުއްޖާގެ ބޮލާއި ފަޔަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުއްޖާގެ ފައި ވަނީ ދެތިން ތަނަކުން ބިންދައިގެންވެސް ގޮސްފައެވެ.

ލޮނަދޫފުށްޓަކީ މީގެ ކުރިން ރިސޯޓެއް ތަރައްގީ ކުރަމުން އައި ރަށެކެވެ. ނަމަވެސް އެ މަސައްކަތް ފަހުން ހުއްޓާލުމާއެކު އެ ރަށް ވެފައިވަނީ ފަޅުރަށަކަށެވެ. މައުލޫމާތު ލިބެ ގޮތުގައި އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އޭރު އައީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ﷲއަބްދު ޖާބިރެވެ.

މިއަދު އެރަށުގައި ހިނގި މި ހާދިސާ ހިނގައިދިޔައީ ކިހިނެއް ކަމެއް އަދި ސާފު ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ