![އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބަކަށް އާސިމް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F12%2F313619_4_4053e82d9bdcf3b6368bf0556690ec1e05ca5c0d_large.jfif_-1024x660-pywzye5rrbcg9ug86qi68swaz86v97wzshhb9eilia.jpg&w=3840&q=75)
313619_4_4053e82d9bdcf3b6368bf0556690ec1e05ca5c0d_large.jfif_-1024x660-pywzye5rrbcg9ug86qi68swaz86v97wzshhb9eilia
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބަކަށް ޑރ. އާސިމް އަހްމަދު އިންތިހާބުކޮށްފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބަކަށް އާސިމް އިންތިހާބުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. އާސިމްގެ އިތުރުން އެ ކައުންސިލަށް ތިން ބޭފުޅަކު މިއަދު ވަނީ އިންތިހާބުކޮށްފަ އެވެ.
އާސިމް އަކީ ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެވެ.
އާސިމް އަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އާސިމް ވަނީ މީގެކުރިން ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމާއި މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމު އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތް ދެއްވާފަ އެވެ.