logoEN
cocacola
އާރްޓީއެލްގެ މާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓަށް ބަދަލުތަކެއް!

އާރްޓީއެލްގެ މާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓަށް ބަދަލުތަކެއް!

ޝައުފާ އިސްމާއިލް

logo

12/9/2022, 10:50:54 AM

343991_3_a7cbd68e1ed607ec8d2913e5b26225b70b632091_large

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓް (R10) ގެ ބަސް ހުއްޓާ ތަންތަނަށް ބަދަލުތަކެއް ގެނެސްފި އެވެ.

ގޮސިޔާ

އެމްޓީސީސީން ބުނީ އިއްޔެ ގެނައި ބަދަލުތަކާއި އެކު، އޯކިޑް ރޫޓުން ދަތުރުކުރާ ބަސް ބޮޑުތަކުރުފާނު މަގުގެ ވެސްޓް ޕާކް ބަސް ހުއްޓި އާއި ސޯޝަލް ސެންޓަރު މަޖީދީ މަގު ބަސް ސްޓޮޕަކަށް ދެން މަޑު ނުކުރާނެ ކަމަށެވެ. އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މިރޫޓަށް އެމްޓީސީސީއިން ވަނީ އިތުރު ހަތަރު ސްޓޮޕެއް އިތުރުކޮށްފައެވެ. އެގޮތުން އިތުރުކޮށްފައިވާ ސްޓޮޕްތަކަކީ:-

ބޮޑުތަކުރުފާނު މަގު: ދަރުމަވަންތަ ހޮސްޕިޓަލް ބަސް ސްޓޮޕް

ކަނބާއައިސާރަނި ހިނގުން: ސޯޝަލް ސެންޓަރު ބަސް ސްޓޮޕް

ކަނބާއައިސާރަނި ހިނގުން: އައިޖީއެމްއެޗް ބަސް ސްޓޮޕް

އަމީނީ މަގު: އެމްޓީސީސީ މާފަންނު ފެރީ ޓާމިނަލް ބަސް ސްޓޮޕް

View post on Twitter

މި ބަދަލުތަކާއެކު އޯކިޑް ރޫޓުން އައިޖީއެމްއެޗާއި ދަރުމަވަންތަ އަދި ވިލިމާލެ ފެރީ ޓާމިނަލަށް ދާން ބޭނުންވާ މީހުންނަށް ލުއިފަސޭހަވާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައިއެވެ.

މާލޭގެ މިނީ ބަހުގެ ހިދުމަތުގައި ބަސް ދަތުރު ކުރަނީ ތިން ރޫޓަކަށް ބަހާލައިގެންނެވެ. އޯކިޑް ރޫޓުގެ އިތުރުން ދެން ހިމެނެނީ އަމީނީ ރޫޓާއި ސޯސަން ރޫޓެވެ. މާލޭގައި ބަހުގެ ހިދުމަތް އެމްޓީސީސީއިން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ