![މިރޭގެ ވަގުތެއްގައި ބައެއް ހިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ - ބީއެމްއެލް](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F12%2F1-23-880x495-1.jpg&w=3840&q=75)
މިރޭގެ ވަގުތެއްގައި ބައެއް ހިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ - ބީއެމްއެލް
1-23-880x495-1
މިރޭގެ ވަގުތެއްގައި ބައެއް ހިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ބީއެމްއެލް އިން ވިދާޅުވީ، މިރޭ ދަންވަރު 1:30 އިން ފެށިގެން 2:30 އާ ދެމެދު އެބޭންކުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލަން ޖެހިދާނެ ކަމަށެވެ.
އެގޮތުން މެއިންޓެނެންސް މަސައްކަތަކަށްް އިންޓަނެޓް ބޭންކިންގ، އޭޓީއެމް، ޕީއޯއެސް މެޝިިން އަދި ޕޭމަންޓް ގޭޓްވޭ ގަޑިއެއްހާއިރު ވަންދެން ބޭނުން ނުކުރެވޭނެ ކަމަށެވެ.
ބީއެމްއެލް އިން ވަނީ މި ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މާފަށް އެދިފައެވެ.
ކޮޮންމެ މަހެއްގެވެސް ކުރީކޮޅު ހާއްސަކޮށް މުސާރަ ޖަމާވާ ދުވަސްކޮޅާ ދިމާކޮށް ބީއެމްއެލް އިން މިފަދަ މެއިންޓެނެސް މަސަައްކަތްތައް ކުރުމަށް ކަމަށްބުނެ ޚިދުމަތްތައް ހޯދުމުގައި އުނދަގޫތަކާ ކުރިމަތިވާތީ ގިނަ ބަޔަކު ގެންދަނީ އެބޭންކަށްް ފާޑު ކިޔަމުންނެވެ.