
ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ!
sto sponsor
މިމަހުގެ ފަހު ކޮޅު ގައްދޫގައި ފަށާ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.

ދެ ޖިންސުގެ ފަރާތްތަކަށް ހުޅުވާލައިގެން ގައްދޫ ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތް ފެށުމަށް ތާވާލުކޮށްފައިވަނީ މި މަހުގެ 22ވަނަ ދުވަހުގައެވެ.
ގައްދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ގައްދޫ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.