![ޗައިނާއިން ސައިނޯފާމް ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކުރަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2FScreenshot-2021-02-04-at-20.43.34.png&w=3840&q=75)
ޗައިނާއިން ސައިނޯފާމް ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކުރަނީ
Screenshot 2021-02-04 at 20.43.34
ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމައިފައިވާ ކަން ހާމަކޮށްފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން ކުރެއްވި ޓްވީޓެއްގައިވަނީ 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމައި، އެކަން ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައިި ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އަދި އެ ތަކެތި ރާއްޖެއަށް އަވަހަށް ގެނެވޭ ގޮތެއް ހަމަޖައްސަން މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.
ޗައިނާ އިން ކޮވިޑާއި ދެކޮޅަށް އުފައްދައިފައިވާ ވެކްސިނަކީ ސައިނޯފާމް އެވެ. މި ވެކްސިން އެހެން ގައުމުތަކުގައި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައިއެވެ. އެހެން ނަމަވެސް މި ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާތަނަށް އަދި ހުއްދައެއް ނުދެ އެވެ.
މީގެކުރިން ހެޔޮ އެދޭ ފަރާތްތަކުން މި ވެކްސިންގެ 5،000 ޑޯޒް ރާއްޖެއަށް ވަނީ ހަދިޔާކޮށްފައިއެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ބޭނުން ކުރަން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމުން އެ ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެންމެ ފުރަތަމަ މަރުހަލާގައި އެ ވެކްސިން ދެނީ ސިއްހީ ޚިދުމަތްތެރިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. އަދި މިއަދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ދިނުމަށް ފަށާފައިއެވެ.